އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢެއް

ޚަބަރު ފަހުގެ

ސިއްޙީ ޙިދުމަތާއި، ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމަށް އަމާޒުކޮށް ރާއްޖޭގެ 7 އަތޮޅެއްގައި 7 މަޝްރޫޢެއް ހިންގުމަށް ނިންމައިފިއެވެ. މި މަޝްރޫޢުތަކީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމައިވާ މަސައްކަތްތަކެކެވެ.

މި މަޝްރޫޢުތައް އިޢުލާންކުރެވިފައި ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ދާދިފަހުން ކުރެއްވެވި ދަތުރުފުޅުގައެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކުރެވޭކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަލަށް ފަންޑު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް:

  • ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓް
  • ނ. ނިލަންދޫ މާބުދުގެ އާއި ތ.ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒަމްތައް
  • ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް
  • ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޮޓިކްސް ފެސިލިޓީ
  • އދ. ދިއްގަރުގައި ޒުވާނުންގެ މަރުކަޒު
  • ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒު
  • އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓް

އަލަށް އިއުލާންކުރި މި މަޝްރޫއުތަކާއި އެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަރައެވެ. މީގެ ތެރެއިން – ‘ވިލުނު’ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި އިކޯ- ޓުއަރިޒަމް ޒޯން ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދާދި ފަހުން ކުރެއްވެވި ދަތުރުފުޅުގައި ޢިފްތިތާޙްކޮށްދެއްވާފައިއެވެ.

އެޗް.އައި.ސީ.ޑީ.ޕީ އިން މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، އިކޯ-ޓުއަރިޒަމް، ދެމެހެއްޓެނިވި ތަރައްޤީ، ދަނޑުވެރިކަން، ސަޤާފަތާއި ތަރިކަ، ސިއްޙީ، ރަށްރަށުގެ އިންފްރާސްޓްރަކްޗަރ އާއި ތަޢުލީމުގެ ދާއިރާއެވެ. ރާއްޖޭގައި ހިންގޭ އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫޢުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާ ކަނޑައެޅިފައިވެއެވެ.

މި 27 ހައި އިމްޕެކްޓް މަޝްރޫޢުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫޢުއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫޢުއެއް ވަނީ ނިންމާ ބޭނުންކުރަން ފަށާފައެވެ.

އެޗް.އައި.ސީ.ޑީ.ޕީތައް ފަރުމާކުރުމުގައި އިސްކަންދީފަިއވަނީ އެރަށެއްގެ ބޭނުންތަކަށް ބަލާފައެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުންނެވެ. އޭގެ ސަބަބުން ކައުންސިލްތަކުގެ ޤާބިލްކަން އިރުތުވުމަށް މަގުފަހިވެގެންދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ