ބީސީސީގެ ހިދުމަތްތައް ‘ކުމެވި’ ޕޯޓަލް އިން

ޚަބަރު ފަހުގެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުނި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ދޭ ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް އެއް ޕްލެޓްފޯމަކުން ދޭން ‘ކުމެވި’ ޕޯޓަލް އިފުތިތާޙުކޮށްފި އެވެ.

ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރުގެ އެހީތެރިކަމާ ޑިވެލޮޕްކުރި ޕޯޓަލް އިފުތިތާހުކުރީ އިއްޔެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ބީސީސީން ބުނީ،މި ޕޯޓަލްގެ ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކޮށް ދިނުން ކަމަށެވެ.

އެގޮތުން އެ ކުންފުނިން ބީސީސީން ދެމުން އަންނަ ޚިދުމަތްތައް ކަމަށްވާ އޮތެންޓިކް މޯލްޑިވްސް އާއި ސީޑް ބައި ބީސީސީ އާއި ވިޔަފާރި ކޮންސަލްޓެންސީގެ ޚިދުމަތާއު މަހަ ޕޯޓަލާއި އަދި ކްރިއޭޓިވް އިކޮނޮމީ ފަންޑާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނުމުގެ ފުރުޞަތު ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ.

ކުރިން ބީސީސީގެ މި ޚިދުމަތްތަކަކީ އެތަނުގެ ވެބްސައިޓުގައި ވަކިވަކިން ހިމަނާފައި ހުރި ޚިދުމަތްތަކެކެވެ. ނަމަވެސް މިހާރު ‘ކުމެވި’ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިންވެ ހުރިހާ ޚިދުމަތްތަކެއް ވެސް މާ ފަސޭހަކޮށް، އަވަހަށް ހޯދޭނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ