މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 18 އޯގަސްޓް 2025އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއް ފަޅި ބަންދުކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް މާލޭ ސިޓީ ކައުންސިލުން މާފަށް އެދިފައިވެއެވެ.
އެ ކައުންސިލްގެ އިއުލާނާއެކު، އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެއެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓު އަދި އަތޮޅު ފެރީތައްވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެކަން ކައުންސިލުގެ ޗާޓުން ދައްކައެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެއެވެ.


