ގައްދޫ ބަލިކޮށް ދިއްދޫން ފެށުން ރަނގަޅުކޮށްފި

ކުޅިވަރު ފަހުގެ

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ގދ. ގައްދޫ ބަލިކޮށް، ހއ. ދިއްދޫން ފެށުން ރަނގަޅު ކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ދިއްދޫން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދިއްދޫން ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ހުސައިން ޝިފާހު ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ކުޅުންތެރިޔާ ޔުސިފް އަފުލްއެވެ.

މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންގެ މެޗެއް މާދަމާރޭ ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ބިސް ބުރާއި ޓީސީއެވެ.

ކޮލިފިކޭޝަންގައި ދެން މެޗެއް އޮންނާނީ މާދަމާ ރޭގައެވެ. އެމެޗުގައި މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރުން ކުޅޭނީ ޓީސީ އާ ދެކޮޅަށެވެ.

ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.

 

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ