# Gohkolhu > Dhamaa Geney Gohkolhu ## Posts - [ޓްރަމްޕްގެ ތަގުރީރު އދގެ ޗާޓަރާ ޚިލާފް، ކުރިކަމަކީ ގައުމުތަކަށް ބިރުދެއްކުމާއި ބައިސާކެނޑުން](https://gohkolhu.com/65618/): އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެންޝަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރު ކޮށްފައިވަނީ ރޭގައެވެ. ބްރެޒިލްގެ ރައީސަށްފަހު އާންމު މަޖިލީހުގައި ދެވަނައަށް ތަގްރީރު ކޮށްފައިވަނީ ޓްރަމްޕެވެ. ޓްރަމްޕްގެ ތަގުރީރުގައި މައިގަނޑުގޮތެއްގައި ކުރި ކަމަކީ، ގައުމުތަކަށް އިންޒާރު ދިނުމާއި، ބައިނަލްއަގްވާމީ ކޯޓުތަކަށް ބިރުދެއްކުމާއި، ބޮޑާ ކިބުރުވެރި ވާހަކަތައް ދެއްކުމެވެ. އެމެރިކާއާއި އޭނާގެ ސަރުކާރުގެ ސިޔާސަތުތަކުގެ މޮޅު ވާހަކަ ދައްކައި ބައިސާކެނޑުމެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެކަމަކު، ދުނިޔޭގެ އެތައް ގައުމެއްގެ އެންމެ އިސް ވެރިންގެ ކުރިމަތީގައި އަދި އދގެ މައި މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ހުރެ އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ތަކުރާރުކޮށް އދގެ ޗާޓަރާ ޚިލާފް އެތައް ވާހަކަތަކެއް ދައްކާފައެވެ. އދގެ މަގްސަދާ ޚިލާފް އެތައް ވާހަކައެއް ދައްކާފައެވެ. އީރާނަށާއި، ކިއުބާއަށް ބިރުދައްކައި އިންޒާރުތައް ދިނުމަށްފަހު ވެނެޒުއެލާއަށް ހެދި ގޮތާއި އަދި ކެރިބިއަން ކަނޑުގެ އުޅަނދުފަހަރަށް އެމެރިކާއިން ދިން ހަމަލާތަކާ މެދު ބޮޑާ ވާހަކަތައް ދައްކާފައި ވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ތަގްރީރުގައި […] - [ޓްރަމްޕް ހުރީ ނިއުޔޯކްގައި އީރާނުގެ ރައީސާ ބައްދަލުކުރަން ތައްޔާރަށް، އީރާނުން ޖަވާބެއް ނުދޭ](https://gohkolhu.com/65615/): ނިއުޔޯކްގައި މި ހަފްތާގައި ފަށާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ބައިވެރިވެވަޑައި ގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިހާރުވަނީ އެމެރިކާއަށް ވަޑައިގެންފައެވެ. އާންމު މަޖިލީހުގައި ބައިވެރިވާ އީރާނުގެ ވަފުދުގައި ޚާރިޖީ ވަޒީރު ހިމެނިވަޑައިގަންނަވާއިރު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާންވެސް ނިއުޔޯކަށް ވަޑައިގަންނަވާނެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އީރާނުގެ ވެރިން އެމެރިކާއަށް މިވަޑައިގަންނަވަނީ، އީރާނާއި އެމެރިކާ ހަނގުރާމައިގެ ހާލަތުގައި އޮއްވައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައަށްފަހު ދޭތެރެ ދޭތެއިން ދެ ފަރާތުން ގެންދިޔައީ ހަމަލާތައް ބަދަލު ކުރަމުންނެވެ. ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވައިގެން އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، އީރާނުގެ ޓޭންކަރުތަކަށް ހަމަލާތައް ދެމުން ގެންދާއިރު، އީރާނުންވެސް ގެންދަނީ އެމެރިކާގެ ޓެންކަރުތަކަށް ހަމަލާދީ އަދި އެމެރިކާގެ ޑްރޯންތައްވެސް ވައްޓަމުންނެވެ. ނުވިތާކަށް އިގްތިސާދީގޮތުންނާއި މާލީގޮތުން އީރާނަށް ދަތިކޮށް އީރާނު އިނދަޖައްސާލުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ. އެ މަސައްކަތުގެ ދަށުން ދުނިޔޭގެ […] - [ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދޭން އެމްޑަބްލިޔުއެސްސީއާ އެކު އެއްބަސްވެއްޖެ](https://gohkolhu.com/65612/): ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޓޫރިޒަމަށް ދޫކޮއްފައި އޮތް ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދަށްވުރެ ބޮޑު ސަރަޙައްދެއްކަމަށާއި، މި ވީހާތަނަށް އެ ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮއްދިނުމަށް ކުންފުނިތަކަށްވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ނަމަވެސް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އެ ރަށުގެ ޓޫރިޒަމް ޒޯނަށް އެ ޚިދުމަތްތައް ފޯރުކޮއްދިނުމަށް އެމްޑަބްލިޔުއެސްސީއާ ޙަވާލު ކުރީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށް ޙާމިދު ވިދާޅުވިއެވެ. މީގެއިތުރުން މި ނޫހަށް މަޢުލޫމާތު […] - [މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފި](https://gohkolhu.com/65609/): މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހުން ހައްޔަރުކޮށްފިއެވެ. ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރ ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެ މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް […] - [މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026ގެ ޗެމްޕިއަންކަން ބާރަށުން ހޯދައިފި](https://gohkolhu.com/65605/): ހއ.ބާރަށުން މި މުބާރާތުގެ ތަށި އުފުލާލީ ހޮނިހިރު ދުވަހު ރޭ ކުޅުނު ފައިނަލްގައި ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ބާރަށް ސެޓްތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ. މި މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ކެލާގެ ޖޯޒީ ނަންބަރު 8 އަލީ ނިހާދު ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބާރަށަށް ތަށި ނަގައިދިން ކޯޗު މޫސާ ނިޔާޒެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫގެ ޖޯޒީ ނަންބަރު 2، ޝުހައިބު އަބުދުއްލަތީފެވެ. މުބާރާތުގެއެންމެ މޮޅު 6 ކުޅުންތެރިން * ހަސަން ޒިޔާޒު، ޖޯޒީ ނަންބަރު 3، ޓީމް ހަނިމާދޫ * ސޯދިގު މޫސާ، ޖޯޒި ނަންބަރު 16، ޓީމް ހަނިމާދޫ * ޝުއައިބު އަބުދުއްލަތީފް، ޖޯޒީ ނަންބަރު 2، ޓީމް ހަނިމާދޫ * ޢަލީ އާމިރު، ޖޯޒީ ނަންބަރު 6، ޓީމް ބާރަށް * ޝަމްރާހް […] - [މަޝްވަރާކުރަންވެސް ހަނގުރާމަ ކުރަންވެސް ތައްޔާރު: އީރާނު](https://gohkolhu.com/65602/): މަޝްވަރާގެ މޭޒުދޮށަށް އަންނާނެ ޝަރުތުތައް، މެދުއިރުއެއްގެ ދައުރު އަދާކުރާ ގައުމުތައް މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅާފައިވާކަން އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިއްޔެގައި ވަނީ ހާމަކުރައްވާފައެވެ. މުހައްމަދު ބާގިރު ގާލިބާފަކީ އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބުވެސް މެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ގާލިބާފް ވިދާޅުވީ، ގައުމުގެ ދިފާއުގައި އީރާނުން ހަނގުރާމަވެސް ކުރާނޭ ކަމަށާއި، އަދި މަޝްވަރާވެސް ކުރަން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ހަމަ އެއާއެކު އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވާންދެން ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ. އީރާނުގެ ޕޮޒިޝަންއަކީ މަޝްވަރާ ކޮށްގެން ބަދަލު ކުރެވޭނޭ ޕޮޒިޝަނެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ގާލިބާފް ވިދާޅުވީ، އޮޅުވާލުމާއި، ބިރުދައްކައި މަޖުބޫރުކޮށްގެން އީރާނު ލައްވައި ކަންކަން ކުރުވަން ލާޒިމުކުރުމުގެ މަގު މިހާރު ބަންދުވެފައިވާކަން ދުޝްމަނުންނަށް ރަނގަޅަށް އެނގޭނޭ ކަމަށެވެ. އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކޮށް، ފޭރިގަނެވިފައިވާ އީރާނުގެ ހައްގުތައް ބަލައިގަނެ، އެމެރިކާއިން އެމީހުންގެ ވައުދުތައް ފުއްދައި ނުދޭހާހިނދަކު […] - [ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި](https://gohkolhu.com/65600/): ފުލުހުންގެ ޚިދުމަތުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ރޭ 21:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމީހުންގެ ތެރެއިން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި އަދި އަނެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. - [އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ހޮޅި އެތެރެކޮށް ވިއްކުން ހުއްދަކޮށްފި](https://gohkolhu.com/65597/): އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހޮޅި 2031 ޑިސެމްބަރު މަހާއި ހަމައަށް އުފައްދާ ވިއްކުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޤަރާރަކުންނެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅިތައް މަނާވެފައި އޮތް އޮތުން ހުއްދަކޮށް އެއްކޮށް މަނާވާ ތާރީޚް 2031 ވަނީ ފަސްކޮށްފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެއްފަރަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި އެތެރެކޮށް އުފައްދާ އަދި ވިއްކާ ތާރީޚަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން މި ޕްލާސްޓިކް ހޮޅިތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވަނީ 2021 ވަނަ އަހަރު ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ބާވަތުގެ ހޮޅި އުފައްދާ އަދި ވިއްކުން މަނާކޮށްފައިވަނީ، 19 ޑިސެމްބަރ 2022 […] - [138 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިޙާނު ބާއްވައިފި](https://gohkolhu.com/65593/): 138 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިޙާނު، ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ. މި އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިއީ ކޮންމެ އަހަރަކު އެއްފަހަރު ބާ ކައުންސިލުން ބާއްވާ އިމްތިޙާނެކެވެ. މިއީ ރާއްޖޭގައި ޤާނޫނީ ޚިދުމަތްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަށް ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިޙާނެކެވެ. އަދި މިއީ އަލަށް ދާއިރާއަށް ނިކުންނަށް ވަކީލުންގެ ފެންވަރު ވަޒަންކުރުމަށް ދެވޭ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ “މިނިމަމް ބެންޗްމާކް” ކަނޑައަޅާ އިމްތިޙާނެކެވެ. ބާ ކައުންސިލުން ވިދާޅުވީ، މިއަހަރުގެ އިމްތިޙާނުގައި މައިގަނޑު 6 ދާއިރާއަކުން އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕިލް ޗޮއިސް ސުވާލު ހިމަނާފައިވާކަމަށެވެ. އިމްތިޙާނުގައި ހިމެނޭ މައިގަނޑު 6 ދާއިރާ: • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ • ލޭންޑް އެންޑް […] - [ގަވާއިދާ ޚިލާފަށް ތޮއްޑޫގައި އުޅެމުންދިޔަ 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް](https://gohkolhu.com/65590/): ގަވާއިދާ ޚިލާފަށް އއ. ތޮއްޑޫގައި އުޅެމުންދިޔަ 100 އަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އިމިގްރޭޝަނުންވަނީ ހޮނިހިރު ދުވަހު ތޮއްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދިޔުމާ ގުޅިގެން ތޮއްޑޫގައި އިމިގްރޭޝަންގެ ފަރާތުން ހޮނިހިރު ދުވަހުވަނީ ހެނދުނު 6 އިން ހަވީރު 4 ޖެހުމާ ހަމައަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެރަށުން ޝަކުވާ ހުށައަޅާފައިވާ ފަރާތްތަކުންވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ރަށުގައި ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. މިއޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ އެރަށުގައި ދިރިއުޅެމުންދިޔަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން 107 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އިމިގްރޭޝަނުންދަނީ ބިދޭސީން މޮނީޓަރކުރުމުގެ މަސައްކަތްކުރަމުންނެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖެ މިހަރު ފާހަގަވެފައިވަނީ ބިދޭސީންގެ މައްސަލަ އެންމެ ރަނގަޅަށް ބެލެހެއްޓެމުންދާ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން އެޤައުމެއްގައި ދިރިއުޅޭ […] - [ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި](https://gohkolhu.com/65587/): ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ 2028ވަނަ އަހަރު ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ. ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނާ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޕީއެންސީގެ 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޕާޓީން ޤަރާރެއް ފާސްކުރުމާ ގުޅިގެންނެވެ. މި ޤަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ 1119 މެންބަރުންގެ އިއްތިފާގުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ޓިކެޓް ދެއްވުމަށް ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ. މި ޤަރާރު ހުށަހެޅުއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާތީ ކަމަށް ވަނީ ބުނެފައެވެ. އަދި އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ […] - [ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތު - ރައީސް](https://gohkolhu.com/65582/): ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިރޭ، ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ރައީސް ވިދާޅުވީ، ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މައްޗަށްކަމަށެވެ. ޕީއެންސީގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދަނީ ދީނަށް ނަޞްރުދީ، އިސްލާމީ ހަޟާރަތު އާލާކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ. މާޒީއާއި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ފެނުނީ ފަނާކުރުވަނިވި ފިކުރެއްގެ މަތީގައި ކަންކަން ކުރި މަންޒަރުކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ރައްޔިތުންގެ ފަޅީގައި ތިބެގެންކަމަށާއި ސަރުކާރު ހިންގަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ނިންމާ ނިންމުމެއްގެ […] - [މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތުގެ ފައިނަލަށް ހަނިމާދޫ](https://gohkolhu.com/65579/): މުބާރާތުގެ ފައިނަލަށް ހަނިމާދޫ ދަތުރުކުރީ ކެލައާ ދެކޮޅަށް ކުޅުނުމެޗު 3-0 ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 16 ސާދިޤް މޫސާއެވެ. މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ހަނިމާދޫ ނިކުންނާނީ ބާރަށާއި ދެކޮޅަށެވެ. - [މާޒިޔާ އަތުން ނިއުއަށް ފުރަތަމަ މޮޅު](https://gohkolhu.com/65576/): ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޮޅަށް ފަހު ވަގުތު ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) ޖެހި ގޯލުން 3-2 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓުން މެޗު ކާމިޔާބުކޮށްފިއެވެ. މީއީ ލީގަށް ނިއުރޭޑިއަންޓް ޕްރޮމޯޓްވި ފަހުން މާޒިޔާ އަތުންވި ފުރަތަމަ މޮޅެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓްގައި ނިއުގެ ގޮމޭޒް ޑަ ސިލްވާ ގޯލު ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މެޗުގެ އަށްވަނަ މިނިޓުގައި ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ރާއިފް ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް […] - [ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން އޮޑި ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް](https://gohkolhu.com/65573/): ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން އޮޑި ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް ލިބިއްޖެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އޮޑިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މެޗުގެ އަށްވަނަ މިނިޓްގައި އޮޑިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. ލިބުނު ކޯނަރެއްގެ ފައިދާ ނަގާ މި ގޯލު އޮޑިއަށް ޖަހައިދިނީ މުޒްދާން ހަސަންއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ބޮލުން މި ގޯލު ބުރަށް ޖަހައިދިނީ ޖުއާން އެޑުއާޑޯއެވެ. ދެވަނަ ހާފު ފަށައިގެން ބުރުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް އޮޑިން ވަނީ ތަނަވަސްކޮށްފައެވެ. ދެވަނަ ފަހަރަށް އޮޑިއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، މުހައްމަދު ޝަޚާއުއެވެ. […] - [ފުވައްމުލައް ސިޓީ ގައި ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ](https://gohkolhu.com/65570/): ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 09:18 އެހައިކަންހާއިރުއެވެ. އެގޮތުން ކަނޑުއަޑިން ހަރަކާތް ހުސްވެފައި ވަނިކޮށް އެ މީހާ ފެނިގެން ވަގުތުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. - [ދެވަނަ ދައުރަކަށް ވާދަކުރުމަށް އިންތިހާބަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު މުއިއްޒަށް ދޭން ނިންމައިފި](https://gohkolhu.com/65566/): އިންތިހާބަކާ ނުލައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ގެ ރިޔާސީ ޓިކެޓު ރައީސް މުހައްމަދު މުއިއްޒަށް ދޭން އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު ނިންމައިފި އެވެ. ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ އާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބުވާ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ގަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރީ ބައިވެރިވެވަޑައިގެންނެވި 1،019 މެންބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވަނީ ގަރާރަށް ތާއީދުކުރައްވާ މުއިއްޒަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ. ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މުއިއްޒު ވާދަކުރައްވާނެކަން ކަށަވަރުވެގެންދިޔައިރު، ރިޔާސީ އިންތިހާބުގައި ކުރީގެ […] - [ރިޔާސީ ޓިކެޓު، ޕްރައިމެރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް ޕީއެންސީ މަތީ މަޖިލީހަށް ގަރާރެއް](https://gohkolhu.com/65563/): 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓު، ޕްރައިމެރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްއަށް މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ގަރާރުގައި ބަޔާންކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ދުޅަހެޔޮކަމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކުރައްވައި، ކަނޑުގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު އިތުރުކުރައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ މީގެއިތުރުން، މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ޒިންމާދާރުކަމާއެކު ދަރަނި އަދާކުރެއްވުމާއި، “ރަސްމާލެ” ފަދަ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށްޓެވުމާއި، ޑިޖިޓަލް އިޤްތިޞާދާއި އިޤްތިޞާދު ސިންދަފާތުކުރުމަށް […] - [ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނު ދައްކައިފި](https://gohkolhu.com/65561/): ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި މިއަދު ހަލާސްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމުމާ އެކު، މި 150 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އިންޑިއާއަށް އެއްކޮށް ދައްކައި ނިމިފައި ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ދަރަނި ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު މި ފެސިލިޓީ ވަނީ އެއްކޮށް ހަލާސްވެފަ އެވެ. މި […] - [މާލޭގައި މާރާމާރީއެއް ހިންގައި އެކަކު ޒަހަމްކޮށްލައިފި](https://gohkolhu.com/65559/): މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ގުރޫޕް މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އަދި މި މާރާމާރީގައި އަނިޔާވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. - [ޔުނިކޯޑު ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި](https://gohkolhu.com/65556/): ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވަނީ ދަ ޔުނިކޯޑް ކޮންސޯޓިއަމުން އިއްޔެ ނެރުނު ޔުނިކޯޑު 18.0 ގަ އެވެ. ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑު ޕޮއިންޓަކީ ޫ+20ޝ2 އެވެ. ދަ ޔުނިކޯޑު ކޮންސޯޓިއަމްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނިޝާންތައް ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ވަކި ސްޓޭންޑާޑެއް ހިފަހައްޓައި ޑިޖިޓަލް ޕްލެޓްފޯމްތަކުަގައި އެ ނިޝާންތައް ދެނެގަނެވޭނެ ގޮތް ހަދައި އެކަން ބަލަހައްޓާ އިދާރާއެކެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ސްޓޭންޑާޑުގައި ހިމެނުމުން، ވެބްސައިޓުތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި، އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށެވެ. “މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލުވި މުހިންމު ލަނޑުދަނޑިއެކެވެ. ޔުނިކޯޑު ސްޓޭންޑާޑުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް މި އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،” އެމްއެމްއޭއިން ބުންޏެވެ. ޑޮލަރާއި ޕައުންޑާއި ޔޫރޯގެ އިތުރުން ދުނިޔޭ އެހެން ހިސާބުތަކުގައި […] - [ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި](https://gohkolhu.com/65551/): ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މިބޭފުޅުންގެ އިތުރުން ނައިބު ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ފަރާތްތަކާއި ލިބުނު ވޯޓު * ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު – 968 * މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ […] - [ޚިދުމަތަށް 27 އަހަރު: ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި](https://gohkolhu.com/65548/): ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތަށް 27 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން، އެ މަރުކަޒުގައި އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ އަލްފާޟިލާ ޢާއިޝަތު ޢީސާ އާއި، އެ މަރުކަޒުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އަލްފާޟިލާ މަރިޔަމް މޫސާ (މަރިއަމްދައިތަ) އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ޚިދުމަތް ފެށުމާ ގުޅިގެން ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ، މިއަދު މި ފެށުނު އަލްޓްރާ ސައުންޑު ސްކޭންގެ ޚިދުމަތުގެ ސަބަބުން ހަނިމާދޫގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުން އެ މަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ އެންމެހާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލަށް ފެށުނު މި ޚިދުމަތަކީ […] - [ބޭރުގެ މަސްބޯޓެއް އަތުލައިގެންފި](https://gohkolhu.com/65545/): ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ. އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް، މިއަދު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އަދި ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ހަރަކާތްތެރިވި ބޯޓު މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ މަސްބޯޓްތައް އަތުލައިގެންފައިވެ އެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައު ދައުވާކޮށް، ބޯޓްތައް ދައުލަތަށް ނަގާފައި ވެސް ވެ އެވެ. - [ރައީސް ދެވަނަ ދައުރެއް ދޭންޖެހޭ](https://gohkolhu.com/65541/): ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ޕީއެންސީއާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން އަމާޒު ހިފަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މަސައްކަތް އަދި ކިރިޔާ މި ފެށުނީ ކަމަށާއި އަމާޒު ހިފަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ގޮތަށްވުރެ މާ ފަސޭހަކަމާއެކު، 2028 ގެ އިންތިހާބު ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ “ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ. ދިވެހިން އެދޭ އަމާންކަމާއި ތަނަވަސްކަން ހޯދައިދެވޭނީ ރައީސް މުޢިއްޒުގެ ޒައާމަތުގައި ކޮންގްރެސް ޕާޓީއަށް ދެވަނަ ދައުރެއް ލިބިގެން. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމަހައްޓަވައި، އެ އިމުން ބޭރުވުމުގެ އެއްވެސް ފުރުސަތެއް ނުދެއްވައި، ‘ދިވެހިންގެ ރާއްޖެ’ ބިނާކުރެއްވުމަށް ރައީސް ކުރައްވާ […] - [ތަރައްޤީ ގެނައުމަށް ޕާޓީގެ މަސްލަހަތު ދޫކޮށް، ޤައުމީ މަސްލަހަތު އިސްކުރަންޖެހޭ](https://gohkolhu.com/65537/): ޤައުމަށް ތަރައްޤީއާއި ހަމަޖެހުން ގެނައުމަށް ޕާޓީތަކުގެ މަސްލަހަތު ދޫކޮށް، ޤައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭކަމަށް ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އިފްތިތާޚީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީއެންސީ މިހާހިސާބަށް ގެނައުމުގައި މެންބަރުން އަދާކޮށްދެއްވާފައިވާ ދައުރަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރެއްވި ޒިޔާރަތުގައި ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާއަށް މެލޭޝިއާގެ ބޮޑުވަޒީރު ފޮނުއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްވަވައިދެއްވާފައެވެ. ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ އެ ޕާޓީން ގެންގުޅޭ ޤައުމު އިސްކުރުމުގެ ފަލްސަފާގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން މިހާތަނަށް ދެކެފައިވާ ކަންކަމަށް ބަލާއިރު ބައެއް ފަރާތްތައް، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ސިޔާސީ […] - [މުސްތަޤުބަލު ބައްޓަންކުރުމުގައި ބާރުތަކުން ރައްޔިތުންނަށް ޖަވާބުދާރީވުން](https://gohkolhu.com/65534/): ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޚިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށެވެ. ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެކަން ފެށެނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ […] - [މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ](https://gohkolhu.com/65530/): މުރައިދޫގައި މިހާރު ކުރިއަށްދާ މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ޖާގަ، ހަނިމާދޫ ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގަ ހަނިމާދޫ ކަށަވަރުކުރީ ނޮޅިވަރަމާ ދެކޮޅަށް ކުޅުނުމެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިމެޗްގެ ފުރަތަމަ ސެޓް 25-22 ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ނޮޅިވަރަމުން ވަނީ 23-25 ހުގެ ނަތީޖާއިން ގެންގޮސްފައެވެ. މެޗްގެ ފަހު ދެސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ 25-15 އަދި ފަހުސެޓް 25-22 ހުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޝުއައިބް އަބްދުލްލަތީފެވެ. - [ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނާއެކު މަސައްކަތްކުރަން ތައްޔާރު: ޓްރަމްޕް](https://gohkolhu.com/65526/): އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި މިއަދު ޕޯސްޓްކުރި މެސެޖެއްގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޓްރަމްޕް ބުނެފައިވަނީ، ސުލްހައިގެ އެއްބަސްވުމަކަށް މަސައްކަތް ކުރުމަށް އެމެރިކާވަނީ ހުޅުވާލެވިފައި ކަމަށާއި، އެމެރިކާއާއެކު ވީހާވެސް އަވަހަކަށް ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނު “ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ” ކަމަށެވެ. އެއްބަސްވުމެއް ހެދުމަށް އީރާނާއެކު އެމެރިކާ މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އޭނާ ކަމަށްވެސް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައި ވެއެވެ. އެކަންކަމަށް އެމެރިކާގައި އޮތީ ހުޅުވާލެވިފައިވާ ކޮންސެޕްޓެއް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އީރާނާއެކު އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށާއި، އެމެރިކާއިން އަސްކަރީގޮތުން އީރާނު ބަލިކުރާނޭ ކަމަށެވެ. އަސްކަރީ ހަމަލާދީގެން އީރާނު ބަލި ނުކުރެވުމުން އެމެރިކާއިން މިހާރު މަސައްކަތް ފަށާފައިވަނީ […] - [ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި](https://gohkolhu.com/65523/): ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް، ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ގެ ބިންގާ އަޅައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީ އަދި ސަޢުދިއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީ އާއި ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންންނެވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ” އަކީ ރާއްޖޭގައި މިހާތަނަށް ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާއެވެ. މި މިސްކިތަކީ ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރެވެ. […] - [ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އަށް ތާރީހީ ކާމިޔާބެއް](https://gohkolhu.com/65519/): ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ތާރީހީ މޮޅެއް ހޯދައިފި އެވެ. މިއީ ދިވެހި ލީގުގައި މުޅިން އަލަށް ވާދަކޮށް ދިއްދޫން ހޯދި ފުރަތަމަ ތިން ޕޮއިންޓެވެ. ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ބުރު ފެނުނީ ވަރަށް ފޯމުގައި ކުޅެލިތަނެެވެ. އެ ގޮތުން، އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ބޯޅައެއް ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން މަތަކުރިިއިރު، ބުރުގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ދިއްދޫން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް، މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން، ދިއްދޫ ޓީމުގެ ފޯވާޑް ގާނާގެ ގިޑިއެން ޓިޓޭ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބުރުގެ ކީޕަރު، ހަސަން […] - [މިޑްޓާރމް އިންތިޚާބުގައި ގެއްލުންދޭން އީރާނުން އުޅެނީ ހަނގުރާމަ ދިގުދަންމަން: ޓްރަމްޕް](https://gohkolhu.com/65516/): އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާނަ ނިމޭނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ “ވަރަށް އަވަހަށް” ނިމޭނޭ ކަމަށެވެ. ފަހަރުގައި އެމެރިކާގެ މިޑްޓާމް އިންތިޚާބު ނިމުމާއެކު އީރާނު ހަނގުރާމަވެސް ނިމުމަކަށް އަންނާނެ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ. އެމެރިކާގެ ރައީސް ބުނީ، މިޑްޓާމް އިންތިޚާބު ކޮމްޕްލިކޭޓްކުރަން ހަނގުރާމަ ދިގުދަންމަން އީރާނުން މަސައްކަތްކުރާ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އީރާނާ ދެކޮޅަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އުދުވާނީ ހަނގުރާމައެއް އިސްވެ ފެށީ އެމެރިކާއިންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕެވެ. ހަނގުރާމަ ދިގުލައިގޮސް، އެމެރިކާއަށް ބޮޑެތި ގެއްލުންތައް ވާން ފެށުމުން ހަނގުރާމަ ހުއްޓަން ގޮވީވެސް އެމެރިކާގެ ރައީސެވެ. އީރާނާއެކު އެއްބަސްވުންތަކެއް ހެދުމަށްފަހު އެއްބަސްވުންތައް އުވާލައި އީރާނަށް އަލުން ހަމަލާތައް ދޭންފެށީވެސް ޓްރަމްޕެވެ. އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން ނުކުންނާނެގޮތެއް، ސަލާމަތްވާނެ މަގެއް ނުފެނިގެން އުޅެނީ އެމެރިކާގެ ރައީސްކަން މުޅި ދުނިޔެވެސް މިހާރު ދަނެއެވެ. އެމެރިކާގެ ރައީސް އަދިވެސް […] - [އެންމެ ބޮޑު މިސްކިތް ބިނާކުރަން ބިން ހަވާލުކޮށްފި](https://gohkolhu.com/65513/): ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ސައުދީ އަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ކުންފުންޏާ ހަވާލުކޮށްފި އެވެ. މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ހުޅުމާލޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތަށް ކިޔަނީ، “ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ” އެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ އާކިޓެކްޗާގެ ރީތިކަމާއި، ރާއްޖޭގައިވާ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތަރިކަ ދައްކުވައިދޭނެ، އަދި އީމާންތެރިކަމާއި، ޢިލްމާއި، އެކުވެރިކަމާއި، އިޖުތިމާޢީ […] - [ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގައި ބޭނުންކުރާނެ ލޯގޯއާއި ޝިޢާރު ރަސްމީކޮށް އިފްތިތާޙްކޮށްފި](https://gohkolhu.com/65508/): ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މި ލޯގޯއާއި ޝިޢާރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 1 އަހަރު ދުވަހަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ. ރާއްޖެ އިސްލާމްވިތާ 9 ޤަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ “އިސްލާމީ ނޫރުގައި 9 ޤަރުނު – ދިވެހީންގެ ނަސީބާއި އުފާ” މި ޝިއާރެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތަކަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވެއެވެ. ގާތްގަނޑަކަށް 15 ވަރަަކަށް ހަރަކާތް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، […] - [ބިސް ބުރު ބަލިކޮށް އީގަލްސް ފެށީ މޮޅަކުން](https://gohkolhu.com/65505/): ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް 3-1 އިން ކުރިހޯދައި ކުލަބް އީގަލްސްއިން މޮޅަކުން ލީގު ފަށައިފިއެވެ. މި ބިސް ބުރުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 16 ވަނަ މިނިޓްގައި އީގަލްސްއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އާމިރު އެލް ސެޑެކް މުހައްމަދު އެވެ. މި ލަނޑަށްފަހު ވެސް އީގަލްސްއަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެގޮތުން މުޅިން ހުސްކޮށް ހުރެ އީގަލްސްގެ ފޯވާޑް ޒައިން ޒަފަރު ފޮނުވާލި ބޯޅައެއް ބޭރުވީ އަރިމަތީ ދަނޑިކައިރިންނެވެ. އެކަމަކު މެޗުގެ 35 ވަނަ މިނިޓްގައި ޒައިން ވަނީ ހިތް ގައިމު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ބިސްބުރުގެ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ […] - [ގައްދޫ ބަލިކޮށް ނިއުއަށް ތާރީޙީ މޮޅެއް](https://gohkolhu.com/65500/): ދިވެހި ޕްރިމިއާ ލީގުގައި މިއަދު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގދ. ގައްދޫ ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކާމިޔާބުކޮށްފިއެވެ. ގައްދޫގައި ކުޅުނު މި މެޗަކީ ދިވެހި ލީގުގެ ތާރީޚުގައި ވެސް މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު އެންމެ ފުރަތަމަ ކުޅުމަށް ކުރިން ތާވަލުކުރެވިފައި އޮތީ އިއްޔެ ކަމަށް ވިޔަސް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މެޗު މިއަދަށް ފަސްކުރަން ޖެހުނީއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ. އަދި އޭގެ ފަހުން ނިއުގެ ދެވަނަ ލަނޑު ވެސް ޖަހައިދީ، ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޑޮރިއެލްޓަންއެވެ. މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާއެވެ. […] - [ސަރުކާރުގެ ފައުޖުތައް ބަލިކޮށް ރަތްކަނޑާއި ބާބުލް މަންދަބުގެ ކޮންޓްރޯލް ހޫޘީން ނަގައިފި](https://gohkolhu.com/65496/): ރަތްކަނޑުގެ އައްސޭރިފަށުގެ ހުރިހާ ސަރަހައްދުތަކެއް ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެ ކަމަށް ޔަމަނުގެ ހޫޘީން އިއުލާން ކޮށްފިއެވެ. ހޫޘީ އަސްކަރިއްޔާ، އަންސާރުﷲގެ ތަރުޖަމާނު ޔަހްޔާ ސަރައީ ވިދާޅުވީ، ޔަމަނުގައި އޮންނަ ބައިނަލްއަގްވާމީ ސަރުކާރުގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުންދިޔަ ތައީޒް އަދި ހުދައިދާގެ ހުރިހާ ރަށްތަކެއް، އަންސާރުﷲއިން ހިފާފައިވާ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އަންސާރުﷲގެ ހަމަލާތަކުގައި، ރަތްކަނޑުގެ އައްސޭރި ފަށުގައި ޔަމަނު ސަރުކާރުގެ ފައުޖުތަކުން ކޮންޓްރޯލް ކުރަމުންދިޔަ 6 ރަށެއް ހިފާފައިވާ ކަމަށްވެސް އިއުލާން ކޮށްފައި ވެއެވެ. އަދި އެ ރަށްތަކުގައި ތިބި ސިފައިންގެ އެތައް ބަޔަކު މަރައި އެތައް ބަޔަކު ހައްޔަރުކޮށް އަދި އެމީހުންގެ ހަތިޔާރުތައްވެސް ހޫޘީންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައި ވެއެވެ. މި ސަރަހައްދުތަކުގައި އަންސާރުﷲގެ ހަނގުރާމަވެރިންނާއި، ޔަމަނު ސަރުކާރުގެ ފައުޖުތަކާ ދެމެދު ވަރަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ. މި ހަމަލާތަކުގައި މިސައިލާއި، ޑްރޯން ބޭނުންކޮށްފައި ވާއިރު، އަސްކަރީ ޖެޓުތައްވެސް ބޭނުންކޮށްފައި ވެއެވެ. އަންސާރުﷲއިން ދިން ވަރުގަދަ ހަމަލާތަކަށްފަހު […] - [ހަނިމާދޫ ކުޅުނު ތިންވަނަ މެޗުންވެސް މޮޅުވެއްޖެ](https://gohkolhu.com/65493/): މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ވަށަފަރާ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިމެޗް ހަނިމާދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. ފުތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ގެންދިޔައީ ވަށަފަރުންނެވެ. އެއީ 25-23 ންނެވެ. އެއަށް ފަހު ހަނިމާދޫ ކުޅުން ވަރުގަދަ ކޮށް ފަސޭހަ ކަމާއިއެކު ވަނީ ތިންސެޓް ނަގާފައެވެ. އެއީ 25-18، 25-17، 25-18 އިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމްގެ ޝުއައިބު އަހުމަދު ލަތީފެވެ. މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ މުރައިދޫއާއި ދެކޮޅަށެވެ. މިމެޗު ކުޅެނީ 12 ވަނަދުވަހު 16:15 ގައެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ. - [ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ](https://gohkolhu.com/65491/): ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް މީގެފަހުން ފީއެއް ނުނަގާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ. ބީއެމްއެލްއިން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި، ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ލުޔެއްކަމަށް ބީއެމްއެލުން ބުންޏެވެ. - [މަޝްރޫއުތަކަށް އެހީ ހޯދަން އަބޫދާބީ ފަންޑާ މަޝްވަރާކޮށްފި](https://gohkolhu.com/65479/): ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު މަޝްވަރާތަކެއް ކޮށްފި އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އެ ފަންޑާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ އިސްތިރާޖީ އަމާޒުތަކަށް އެހީތެރިވުމުގެ ގޮތުން އަލަށް ފެށުމަށް ގަސްތުކުރާ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނާއި، ދެފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްޤީއަށް އޭޑީއެފްޑީން މެދުނުކެނޑި ދެމުންގެންދާ އެހީތެރިކަމާއި ބާއްވަވާ […] - [ވިޔަފާރިތަކުގެ ކަންބޮޑުވުންތަކަށް ޕޯޓަލެއް](https://gohkolhu.com/65487/): “ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް” ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ޕޯޓަލެއް ތައާރަފުކޮށްފި އެވެ. މިއީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހައްލު ކުރުމަށް އެހީތެރިވުމުގެ ގޮތިން ތައާރަފުކުރި ޕޯޓަލެކެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް ދިމާވާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް ހައްލު ކުރެވޭނެ ކަމަށް މިނމިސްޓްރީން ބުންޏެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރަށް ސުވާލުތަކަށް ޖަވާބު ދިނުމާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިކޮށް ދީފައިވެ އެވެ. މީގެ އިތުރުން ހުށަހަޅާ ކަންކަމުގެ އަދާހަމަ ބަލައި، އެކަމަކާ މެދު ނިންމާ ގޮތެއް ނުވަތަ، ޖަވާބުދާރީވުމުގައި އޮތް މަރުހަލާ ވެސް ޕޯޓަލު މެދުވެރިކޮށް ބަލާލެވޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އީމެއިލާއި ފޯނު ކޯލް ނުވަތަ މިނިސްޓްރީ އަށް ސީދާ ގޮސްގެން ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ހުށަހެޅުމުގެ ބަދަލުގައި ވީހާ ވެސް ފަސޭހަކޮށް ހިދުމަތްތައް ހޯދަން މަގުފަހި ކުރުމުގެ ގޮތުން ތައާރަފުކުރި ޕޯޓަލެއް ކަމަށެވެ. - [ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ރައީސަށް ދެވަނަ ދައުރެއް ދީގެން - އަބްދުއްރަހީމް](https://gohkolhu.com/65484/): ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމު ހަމަޖެހުމުގެ ނޭވާއެއް ލާންޖެހޭ ކަމަށާއި އެ ނޭވާލުމަށްޓަކާ އޮތް ހަމައެކަނި ފުރުސަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެކަމުގައި ރައްޔިތުން ދެ ވިސްނުމެއް ނުގެންގުޅުމަށާއި ދިވެހިވަންތަ ސިފަތަކާއި ބީރަށްޓެހި ބައެއްގެ އަތްމައްޗަށް ވެރިކަން ހިނގައްޖެނަމަ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު މާބޮޑުވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. “ގައުމަށް އޮތް ނުރައްކާ އެހާ ބޮޑޭ. އެހެންވީމަ އެ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ، ޕީއެންސީގެ ހުރިހާ މެމްބަރުން އެކީ އެކައްޗަކަށް، އެއް އަޒުމެއްގައި އަތް ގުޅާލަންވީ ހަމަ މި ދެންނެވި މަގުސަދު ހާސިލުކުރަން،” އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީއެންސީގައި 77،000 އަށް ވުރެ ގިނަ މެމްބަރުން މިހާރު އެބަތިބި ކަމަށާއި […] - [ސްކޭމްގެ ތަހުގީގަކަށް ހިތަދޫ މީހަކު ހޯދަނީ](https://gohkolhu.com/65476/): ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ފުލުހަށް ހާޒިޒުވާން އަންގައި އެކަން އިއުލާންކޮށްފި އެވެ. ހާޒިރުވާން އެންގީ އެ އަވަށު ކަށިސުތުލިގޭ މުޙައްމަދު ޢިމާދު، 46، އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އޭނަ ހޯދަން ފުލުހަށް ހާޒިރު ވާން އަންގައި އިއުލާންކުރފީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު މާލޭގެ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އިމާދު ހާޒިރުވާން އަންގާފައިވެ އެވެ. - [ޑޮލަރުން މުސާރަ ދިނުމާއި، ވިޔަފާރިކުރުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭގޮތަށް ގަވައިދު އިސްލާހްކޮށްފި](https://gohkolhu.com/65474/): ބޭންކުތަކަށް ބޭރު ފައިސާ މާރުކުރުން ލާޒިމުވާ ހުރިހާ ވިޔަފާރިތަކުން ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ލަފާކުރާ ބޭރު ފައިސާގެ ޚަރަދު ބަޖެޓް އެމްއެމްއޭއަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު އިސްލާހްކޮށްފި އެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި އާ އިސްލާހުތަކުގެ ދަށުން މި އުސޫލު ހިނގާނީ ޑޮލަރު މާރުކުރުން ލާޒިމުވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ އިތުރުން އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ ގިނައިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެނިހެން ވިޔަފާރިތަކަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އާ ސިޔާސަތުގެ ދަށުން ބަޖެޓުކޮށްފައިވާ ބޭރު ފައިސާގެ ޚަރަދުތަކާ ގުޅޭ މުއާމަލާތްތައް ކުރުމުގެ ކުރިން މަރުކަޒީ ބޭންކުގެ ރަސްމީ ހުއްދަ ހޯދަންޖެހެ އެވެ. އަދި އެ ހުއްދައާ ނުލައި މުއާމަލާތް ކުރުމަކީ މަނާކަމެކެވެ. އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ؛ * މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން […] - [ޔޫރަޕްގެ ގައުމުތަކުގެ ކިބައިން ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅަން އިސްރާއީލުން ތައްޔާރުވަނީ](https://gohkolhu.com/65469/): ޔޫރަޕްގެ ގައުމުތަކުގެ ކިބައިން ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅަން އިސްތިއުމާރީ އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ. މިއީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އުފައްދާ މުދާ އެ ގައުމުތަކަށް އެތެރެކުރުން މަނާކުރަމުންދާތީ އެކަމުގެ ރައްދުގައި އިސްރާއީލުން އަޅަން ތައްޔާރުވާ ފިޔަވަޅުތަކެކެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އިސްތިއުމާރީ އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައިގައެވެ. ހުޅަނގު އައްސޭރި ހިފައި، ހުޅަނގު އައްސޭރީގެ އެތައް ބިމަކަށް ވެރިވެގަނެ ޔަހޫދީ އާބާދީތައް ހަދައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރަމުން ގެންދެއެވެ. ނަމަވެސް، ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބިމެއް ކަމަށް އދގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތައް ގަބޫލެއް ނުކުރެއެވެ. އިސްރާއީލަށް ތާއީދުކުރާ ހައެއްކަ ގައުމު ނޫން ގައުމަކުން ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލަށް އެއްވެސް ހައިސިއްޔަތެއް އޮތް ކަމަށް ގަބޫލެއް ނުކުރެއެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ކާރުޚާނާތައް ހަދައިގެންނާއި އެނޫންވެސް ސިނާއީ […] - [ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލު ކުރަނީ](https://gohkolhu.com/65466/): ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކޮށް ރެކޯޑް އަދާހަމަ ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ. އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަ ކުރަންޖެހޭ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމްއެމްބީސީން ވިދާޅުވީ އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރިހަކީ އަންނަ އޮކްޓޯބަރު 27 ކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު ރީ- ރަޖިސްޓްރީކޮށް ރިކޯޑް އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީތަށް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. އެކަމަކު، އެމްއެމްބީސީއާއެކު، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި […] - [އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކޮށްފި](https://gohkolhu.com/65463/): މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އިއްޔެ އައްޔަންކޮށްފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްޓީޑީސީގެ ޗެއާމަންގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑަށް، މ.ލާލުބާގު، ޝަހީރު، ހަމަޖައްސާފައިވާ ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މެއި، 2025 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށް ޝަހީރު ހުންނެވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގަ އެވެ. މި ސަރުކާރުގައި އޭނާ ފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށެވެ. ނަމަވެސް އެ ޒިންމާތަކުން އޮގަސްޓު، 2024 ގައި ވަކިކުރީ އެވެ. ޝަހީރު ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަ ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ. އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ފާއިޒެވެ. ފެބުރުއަރީ 2017 އިން ފެށިގެން އެ ކުންފުނީގައި ހުންނެވި ފާއިޒް މިދިޔަ ހަފުތާގައި ވަނީ މިފްކޯގެ ޗެއާމަނަކަށް އައްޔަން ކުރައްވައިފަ އެވެ. - [އަސްކަރީ ސާމާނު އުފެއްދުން އިތުރުކޮށް، އީރާނުން ހަނގުރާމައަށް ތައްޔާރުވެއްޖެ](https://gohkolhu.com/65458/): އީރާނުން އަސްކަރީ ސާމާނު އުފެއްދުން ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. އަސްކަރީ ސާމާނު އުފެއްދުން އިތުރުކުރުމުގެ އިތުރުން، އެފަދަ ސާމާނުގެ “ވައްތަރާއި، އޭގެ އެޕްލިކޭޝަންތަކާއި އަދި އޭގެ އުކުޅުތައްވެސް އީރާނުން ފުޅާކުރަމުން ގެންދާ ކަމަށް، އީރާނުގެ އެއަރ ޑިފެންސް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ ވިދާޅުވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ “އަހަރެމެން ތައްޔާރު” ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ ވިދާޅުވިއެވެ. ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ މިފަދައިން ވިދާޅުވިއިރު، އީރާނުގެ ސިޔާސީ ވެރިންނާއި އަދި އަސްކަރިއްޔާގެ އެކި ވިންގުތަކުގެ ވެރިން މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، އެމެރިކާ އަދި އިސްރާއީލާ ކޮންމެ ފަދަ ކުރިމަތިލުމަކަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. އީރާނުން އިހަށްދުވަހުވަނީ ފުރަތަމަ ފަހަރަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ހަމަލާދޭން ފަށާފައެވެ. ފުރަތަމަ ހަމަލާ ދިނުމަށް ބޭނުންކުރީ އެންޓި ޝިޕް މުޅިން އައު މިސައިލެކެވެ. މިއީ، އައު މިސައިލް ޓެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް އީރާނު ކަނޑުގެ ސިފައިން ބުނެފައި ވެއެވެ. ނުވިތާކަށް، […] - [މަސްތުވާތަކެތި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި](https://gohkolhu.com/65455/): މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ / ހަނދުވަރީގެ، އިސްމާޢީލް އިޒްހާން (25އ) އާއި، ލ. އިސްދޫ / ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، އިއްޔެ ހުޅުމާލެ ފޭސް 1ގެ ވެމްކޯ ބުރިޖު ކައިރިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުން ވިދާޅުވީ، މި މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިހިތަކެއް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް […] - [ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދަނީ](https://gohkolhu.com/65451/): ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތްތައް ފަށަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ. “އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،” ރައީސް ވިދާޅުވި އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިވަގުތު ދިރާގުގައި އޮންނަނީ ސަރުކާރުގެ 41.8 ޕަސެންޓު ހިއްސާ އެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ނުވަތަ 52 ޕަސެންޓު ހިއްސާކުރަނީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އަދި އާންމުންގެ 6.2 ޕަސެންޓު ހިއްސާ އޮވެ އެވެ. “އެހެންވީމަ، ސަރުކާރުން ވިއްކާލި ދިރާގުގެ ޝެއާ […] - [ވާދަވެރި ކުޅުމަކަށްފަހު ދެވަނަ މެޗުވެސް ހަނިމާދޫ މޮޅުވެއްޖެ](https://gohkolhu.com/65448/): މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިމެޗް ހަނިމާދޫއިން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. އެއީ 3-2 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް 21-25 ހުން ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ފިނޭއިން ވަނީ 25-17 އިން ގެންގޮސްފައެވެ. އަދި ތިންވަނަ ސެޓް ފިނޭއިން ވަނީ 18-25 ގެންގޮސްފައެވެ. ނަމަވެސް ހަތަރުވަނަ ސެޓް 19-25 ގެ ނަތީޖާއިން ހަނިމާދޫ ގެންދިޔައިރު، ފަހުސެޓް އެޓީމް ގެންގޮސްފައިވަނީ، 13-15 އިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫ ޓީމްގެ ޝުއައިބު އަހުމަދު ލަތީފެވެ. ހަނިމާދޫން އެންމެ ފަހުން ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އޭނާއެވެ. މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. މިމެޗު ކުޅެނީ 10 ވަނަދުވަހު 20:30 ގައެވެ. މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް […] - [60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ އެއްކޮށް ދެން ނުލިބޭނެ](https://gohkolhu.com/65445/): 60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތެއް ދެން ނުލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 60،000 މަތިން މުސާރަ ލިބޭ މީހުންނަށް އަންނަ މަހުން ފަށައިގެން އާއްމު ރައްޔިތުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތްތަކެއް ނުލިބޭނެކަމަށެ ވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ބަދަލާއި އެކު 60،000 މަތިން މުސާރަ ލިބޭ ފަރާތްތަކުން އާސަންދަ ލިބޭނީ ކޯ ޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ” އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގ އެހެނިހެން ކަންކަމަސް ހަރަދުކުރަން ސަލާމަތް ކުރެވޭ. އެހެންކަމުން މުއްސަދިން އިންކަމް ޓެކްސް ޕޭ ކުރާ ފަރާތަކަށް ކޮންމެހެން އާއްމުންނަށް ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ” ރައީސް މި ބަދަލު […] - [އާރްޑީސީ އާއި ފެނަކަ އުވާލުމަށް ސަރުކާރުން ނިންމައިފި](https://gohkolhu.com/65442/): ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ އާއި އާރްޑީސީ އުވާލައި އެ ކުންފުނިތައް އެމްޓީސީސީ އާއި ސްޓެލްކޯއާ އެއްކޮށްލަން ނިންމައިފި އެވެ. މިކަން މިއަދު އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުގަ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ރައީސް ވިދާޅުވީ ފެނަކަ އުވާލައި، ފެނަކައިގެ ދަށުން ދެމުން ދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރްޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނިން ކުރަމުން ދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. “މި ބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރެވި، ކުންފުނިތައް ރައިޓް ސައިޒްކުރެވި އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ.” ރައީސް ވިދާޅުވި އެވެ.   - [70 ކުޑަކުދިންގެ ކަށިތަކާއެކު 100 މީހުންގެ ކަށިތައް ވަޅުލައިފި، ޣައްޒާއިން ފެނުނީ ހިތްދަތި މަންޒަރެއް](https://gohkolhu.com/65439/): ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ އައް ޒައިތޫން އަވަށަށް އިސްތިއުމާރީ ސިފައިން ދިން ޓެރަރިސްޓު ހަމަލާތަކުގައި ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ފެނުނު 100 މީހުންގެ ކަށިތައް ވަޅުލައިފިއެވެ. މިއީ، އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށް މިހާތަނަށް ނުފެނިވާ ބައެއް މީހުންގެ ކަށިތަކެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އައް ޒައިތޫން އަވަށުން ފެނުނު ކަށިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންގެ ކަށިތައް ކަމަށް، ގާޒާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެއީ 70 ކުޑަކުދިނެވެ. ގާޒާ ސިޓީގައި މިއަދު ވަނީ އެ ހުރިހާ އެންމެންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާ ބާއްވާފައެވެ. ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ފެނުނު ކަށިތައް ވަޅުލާފައިވަނީ ވަކިވަކި ސަންދޯއްތަކުގައެވެ. ޖަނާޒާގައި ޣައްޒާގެ އެތަކެއްސަތޭކަ މީހުން ބައިވެރިވިއެވެ. ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކުޑަކުދިންނާއި އަދި އާއިލާތަކުގެ ލޯބިވާ މީހުންގެ ހަށީތައް ނުނެގި ލަސްވެގެންދިޔައީ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ހުއްޓާނުލާތީއާއި، އިމާރާތްތަކުގެ ގާފުނިތަކާ އާންމުން ގާތްވިޔަނުދޭތީއެވެ. މިއީ، […] - [އީރާނުން ހަނގުރާމައިގެ އުކުޅުތައް ބަދަލުކޮށްފި، ބޭނުންވަނީ ޓްރަމްޕްގެ ސިޔާސީ ކެރިއަރު ނިމުމަކަށް ގެނައުމަށް](https://gohkolhu.com/65435/): އީރާނުގެ އަސްކަރިއްޔާ މިހާރުވަނީ އެމެރިކާގެ ހުރިހާ ބަލިފައެއް ދެނެގެންފައެވެ. އެމެރިކާގެ ބަލިފައިތައް ދެނެގަތުމަށްފަހު އެމެރިކާއާ ދެކޮޅަށް ދޭ ރައްދު ހަމަލާތަކުގެ އުކުޅުވެސް އީރާނުން މިހާރުވަނީ ބަދަލުކޮށްފައެވެ. އެމެރިކާއަށް ރައްދު ހަމަލާތައް ދޭނޭ ވަގުތުތަކާއި، ތަންތަންވެސް އީރާނުން މިވަނީ ބަދަލުކޮށްފައެވެ. އީރާނުން ސީދާ ހަމަލާތައް ދޭން ބޭނުންވާ ތަންތަން ކުރިން ދެނެގަނެ، އަމާޒަށް ހަމަލާދިނުންވެސް މިވަނީ އިތުރު ކޮށްފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މީގެއިތުރުން، އެމެރިކާ އެންމެ ކަންބޮޑުވި ކަމަކަށް ވެގެންދިޔައީ، އީރާނުން އެމެރިކާގެ އަސްކަރީ ތަންތަނަށް އިސްވެ ހަމަލާތައް ދޭން ފެށުމުންނެވެ. އީރާނަށް ހަމަލާއެއް ދިނުމަށް ނުވަތަ އީރާނަށް ނުރައްކަލެއް ކުރިމަތި ކުރަންއުޅޭ ކަމަށް ބެލެވޭ ދިމަދިމާ ކުރިން ދެނެގަނެ، އީރާނުން މިހާރުވަނީ އެމެރިކާގެ އަސްކަރީ މަގާމުތަކަށް ހަމަލާތައް ދޭން ފަށާފައެވެ. އެގޮތުން، ކުއްލި ހަމަލާތައް ދިނުމާއި، އެމެރިކާއިން މެދުއިރުމަތީގައި ވަރަށް ސިއްރިއްޔާތުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންގެންދިޔަ ތަނަކަށްވެސް އީރާނުން އިހަށްދުވަހު ވައިގެ ހަމަލާދިނުން ވެގެންދިޔައީ އެމެރިކާއަށް ސިހުން ގެނުވި ކަމަކަށެވެ. އަދި އެމެރިކާއިން […] - [ގެއްލިގެން ހޯދަމުންދިޔަ މާއީ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވެއްޖެ](https://gohkolhu.com/65433/): ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް (25އ) މިއަދު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު އެ ސްޓޭޝަނަށް ހާޒިރުވެފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ އިދާރާއިން މިހާރު ދަނީ ތަހުގީގުކޮށް ބަލަމުންނެވެ. - [މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުން ހަނިމާދޫ ކަމިޔާބު ކޮށްފި](https://gohkolhu.com/65429/): ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ފުރަތަމަ މެޗުން ޓީމް ހަނިމާދޫ މޮޅުވެއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މިމެޗް ހަނިމާދޫ ގެންގޮސްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ކެލާޓީމެވެ. އެއީ 21-25 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް ކެލާއިން ގެންގޮސްފައިވަނިކޮށް ހަނިމާދޫއިން ވަނީ ދެވަނަ ސެޓް 17-25 ހުން ގެންގޮސްފައެވެ. އަދި މެޗްގެ އެންމެ ފަހު ދެ ސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ، 21-25 ހުގެ ނަތީޖާއިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 2 ޝުއައިބް އަބްދުލް ލަތީފެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް […] - [ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފި](https://gohkolhu.com/65426/): މާލެ ސަރަހައްދު ހިމެނޭހެން އަތޮޅު ތެރޭގައިވެސް ހިންގާލުން ކުރިއަށް ގެންގޮސްފައިވާއިރު، މި ހިންގާލުމުގައި ފުލުހުންގެ އެކި ބަހާތަކުން 1200 އަށް ވުރެ ގިނަ ފުލުހުންނާއި މުވައްޒަފުން ބައިރިވެރިވެފައިވެއެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހިނގާލުން މާލޭގައި ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ. ހިންގާލުމުގައި ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު އަދި ފުލުހުންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފުލުހުން އަދި ފުލުހުންގެ މުޢައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ހިންގާލުން ފަށާފައިވަނީ ފުލުހުންގެ އަޒުމު ލައިދިނުމަށް ފަހުއެވެ. މި ހިންގާލުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލޭ ވަށާ ދިއުމަށް ފަހު އަނބުރާ ޖުމްހޫރީ މައިދާނަށް ނިންމާލާ ގޮތަށެވެ. ފުލުހުން ވިދާޅުވީ، މިއީ ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީޚާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުން ވެފައިވާ އަގުހުރި ގުރުބާނީ […] - [25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ](https://gohkolhu.com/65423/): ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުން އަންނަނީ މާލޭގައި ދިރިއުޅެމުން އަންނަ ލ. މުންޑޫ ގުލްޒާރުގޭ މަރްޔަމް މާއީ ޖަމީލް ކަމަށެވެ. އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެހެންވެ މާއީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ހިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ. - [ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ހަނިމާދޫ ތަމްސީލުކުރާ ދަރިވަރުންނާ ކައުންސިލުން ބައްދަލުކޮށް ހިތްވަރުދީފި](https://gohkolhu.com/65417/): ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނާ، އެ ރަށު ކައުންސިލުން ބައްދަލުކޮށް ހިތްވަރުދީފިއެވެ. މިއަދު ހަނިމާދޫ ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި، މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ނަން ރީތިކޮށް، ޤައުމީ ފެންވަރުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި ސާބަސް ދެއްވިއެވެ. އަދި މުބާރާތުން ރަނގަޅު ވަނަތަކެއް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ. މީގެއިތުރުން، ޢިލްމީ އަދި އިޖުތިމާޢީ ގޮތުން ދަރިވަރުން ކުރިއަރައި ދިއުމަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުން ތަޢުލީމީ ކަންކަން ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވަނީ ކައުންސިލްގެ ނައިބު ރައީސާއެވެ. އަދި […] - [ބޭސް ހޯދަން ސްޓޭޓް ފާމާއިން އިތުރު ކުންފުންޏަކާ އެކު ސޮއިކޮށްފި](https://gohkolhu.com/65414/): ސަރުކާރުގެ ބޭސް ކުންފުނިން މި ފަހަރު ސޮއިކުރީ ޕާކިސްތާންގެ ކުންފުންޏެއް ކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ. ސްޓޭޓްފާމާ އިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ ކުންފުނީގެ ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ޤާއިމު ކުރުމަށް މަގުފަހިވާނެ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުންޏެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށް ބޭސް ކުންފުނިން ބުންޏެވެ. - [އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް، ހުޅުވާލައިފި](https://gohkolhu.com/65406/): ފުޓުބޯޅައިގައި މުޅި ރާއްޖެ ޝާމިލުކޮށް، ބައިވެރިކުރުމުގެ އަޒުމުގައި މިދިޔަ އަހަރު ފެށި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.  އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެފްއޭއެމް އިން ބުނީ، އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ 17 އޮކްޓޯބަރުގައި ކަމަށެވެ.   އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން، އެ އެސޯސިއޭޝަންގެ ވެބްސައިޓުގައިވާ އެކަމަށް ޙާއްސަ ފޯމު (https://famcompetitions.com/?tournament=tour_aj372ufe&apply=true) ފުރައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 20ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.   މުބާރާތުގައި ބައިވެރިވެވޭ މުއްދަތު ހަމަވެ، ޓީމުތައް ބައިވެރިވެ ނިމުމުން، ރީޖަންތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް އަންގާނެކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.   ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ނުވަތަ ރީޖަންއަކަށް ބަހާލައިގެން، އެޓޯލް […] - [ހޮރްމޫޒުގެ ކޮންޓްރޯލް އީރާނަށް އޮތްހާހިނދަކު ކިތަންމެ ގެއްލުމެއްދިނަސް އީރާނު ގުޑުވައެއް ނުލެވޭނެ](https://gohkolhu.com/65407/): އެމެރިކާ ސިފައިން އިހަށްދުވަހު ފުރަތަމަ އީރާނަށް އިސްވެ ހަމަލާދިނީ އީރާނު ސިފައިން ހޮރްމޫޒު ކަނޑުއޮޅީގައި މައިން އަޅަން އުޅޭ ކަމަށް ބެލެވިގެން ކަމަށް ބުނެފައި ވެއެވެ. އަނެއްކާ ރޭގައި އީރާނަށް ހަމަލާދިނީ ހޮރްމޫޒުގައި އަޅާފައިވާ ސަބްމެރިން ކޭބަލްތަކަށް ގެއްލުންދޭން އީރާނުން ތައްޔާރުވަމުންދާ ކަމަށް ބެލެވިގެން ކަމަށް ބުނެފައި ވެއެވެ. އީރާނުން މައިން އަޅަން އުޅޭ ކަމަށާއި، ސަބްމެއިން ކޭބަލްތަކަށް ގެއްލުންދޭން އުޅޭ ކަމަށް “ބެލެވިގެން” އެމެރިކާ ސިފައިން އީރާނުގެ އެކި ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިވަނީ ދީފައެވެ. ހަމަލާތައް އަމާޒުކުރި ރަށްތަކުގެ ތެރޭގައި ކުހެސްތަކް، ދޚުޒެސްތާން ޕްރޮވިންސް، ކަރްމަންޝާހް، ލަވާން އައިލެންޑް އަދި ފާރސް ޕްރޮވިންސްވެސް ހިމެނެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމެރިކާ ސިފައިންގެ ހަމަލާތައް ކޮމިއުނިކޭޝަން ޓަވަރުތަކާއި، އާންމުން އިމާރާތްތައްވެސް ހިމެނެއެވެ. ކުހެސްތަކްގެ ސިރީކްގައި ކައިވެނީގެ ހަފްލާއެއް ކުރިއަށްދިޔަ ތަނަކަށް ހަމަލާ އަމާޒުވެ 4 މީހުން މަރުވެ 70 މީހުން ޒަޚަމްވި ކަމަށް އީރާނުން ބުނެފައި ވެއެވެ. މަރުވި އަދި ޒަޚަމްވި […] - [އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އަންގައިފި](https://gohkolhu.com/65403/): އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި އިއްޔެ ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ، މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ޚަރަދުވާ ގޮތަށް، ކައުންސިލްތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަޤާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދަންޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މީގެއިތުރުން، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ދިމާވާ ވަގުތީ ބޭނުންތައް ފުއްދުމަށާއި ވަގުތީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވެގެން، ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ނަގާ ކޮންޓްރެކްޓް އެމްޕްލޯއިމެންޓާއި ވޭޖް އެމްޕްލޯއިމެންޓް މަޤާމުތަކަށް ވެސް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު ކަމަށް ސިޓީގައި ވެއެވެ. އެލްޖީއޭގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫޢުތައް ހިންގުމަށް ޓަކައި ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫން […] - [ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ](https://gohkolhu.com/65400/): މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެއެވެ. މިފަދަ ގާނޫނާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތައް ދެނެގަނެ، އެކަމަށް ފިޔަވަޅު އެޅުމެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައުލޫމާތު، އެ ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެން ހިއްސާކުރެވޭނެއެވެ. އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް އެ ނަންބަރަށް މައުލޫމާތު ފޮނުވޭނެކަމަށް ފުލުހުން ހާމަކުރެއެވެ. އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ވަނަވަރާއި، އެ ފަރާތްތަކުން ފޮނުވާ މައުލޫމާތުގެ ސިއްރު ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ފުލުހުން ދެއެވެ. އަދި […] - [އިސްވެ ގޯސްހެދީ އެމެރިކާ، އީރާނު މިފަހަރު އޮތީ ދޫދޭގޮތަކަށްނޫން، ހަމަލާދޭން އަނެއްކާވެސް ތައްޔާރުވަނީ](https://gohkolhu.com/65394/): ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ހަމަލާތައް ހުއްޓާލާފައި އޮތްއޮތުން ނިމުމަކަށް ގެނައީ އެމެރިކާއިން އަމިއްލައަށެވެ. އެމެރިކާ ސިފައިން އިސްވެ ރޭގައި އީރާނުގެ ލަރާކް އައިލެންޑަށް ހަމަލާ ދިނީއެވެ. އެއީ، ހޮރްމޫޒުގައި މައިން އަޅަން އުޅޭކަމަށް ތުހުމަތުކޮށެވެ. އީރާނުން ހަމަލާއެއް ދީގެނެއް ނޫނެވެ. އެމެރިކާ ސިފައިންގެ ހަމަލާތަކުގައި އީރާނު ސިފައިންގެ އެތައް ބަޔަކާއި އާންމުންގެ އެތައް ބަޔަކު މަރުވި ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކޮށްފައި ވެއެވެ. ނަމަވެސް، މަރުވީ ކިތައް މީހުންކަމެއް ނުބުނެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމެރިކާ ސިފައިންގެ ހަމަލާތަކުގެ ރައްދުގައި އީރާނުގެ ލަޝްކަރުތަކުން މިއަދު ހެނދުނުވަނީ އުރުދުންއާއި، ޔޫއޭއީގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ ތަންތަނަށް ޑްރޯންއާއި، މިސައިލް ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ޔޫއޭއީން އީރާނުގެ ޑްރޯން ފައުޖުގެ ހަމަލާތައް އަމާޒުވީ، އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތައް ބަހައްޓާ އަދި އެމެރިކާ އަސްކަރިއްޔާގެ ލޮޖިސްޓިކް ވަރަށް މުހިންމު ބޭހަކަށެވެ. އެ ބޭހަށް އެއްފަހަރާ އީރާނުން އެތައް ޑްރޯންއެއް ފޮނުވާލިއެވެ. މީގެއިތުރުން، އުރުދުންގައި […] - [އަމާން އުުދަރެސްގެ ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ](https://gohkolhu.com/65391/): ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ، އެ ކުއްޖާ ވެއްޓިފައި ވަނީ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކަމަށެވެ. އަދި ކުއްޖަކު ވެއްޓިފައިވާ ކަމަށް ރިޕޯޓް ލިބިގފައި ވަނީ 11:35 އެހައިކަންހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ “ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް. އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،”. އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. - [ހަގީގީ ދުޝްމަނުން ދެނެގަތުމަށް މުޖުތަބާ ޚާމަނާއީ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފި](https://gohkolhu.com/65386/): މުސްލިމް ދައުލަތްތަކުގެ ވެރިން އެމީހުންގެ އަސްލު ދުޝްމަނުން ދެނެގަނެ، ދުޝްމަނުންގެ ރޭވުންތައް ދެނެގަނެ، އެކަމާ ކުރިމަތިލާންޖެހޭ ކަމަށް، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚަމަނާއީ ވިދާޅުވެއްޖެއެވެ. އީރާނުގެ ރޫހީ ލީޑަރު މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚަމަނާއީ ވިދާޅުވީ، އެމެރިކާގެ މުޖުރިމު ވެރިންނާއި، ފޭކް ޒަޔަނިސްޓު ދައުލަތަކީ ހަމައެކަނި އީރާނުގެ ދުޝްމަނުން ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ދުޝްމަނުން ކަމަށެވެ. ދުޝްމަނުން މުޅި އިސްލާމީ އުންމަތުގެ ތެރޭގައި ބައިބައިވުންތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ. މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތްނަމަ ފަލަސްތީނަކީ މިއަދު ވާތްގެއްނެތް ދައުލަތެއްގެގޮތުގައި ނޯންނާނެ ކަމަށާއި، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތްނަމަ ދުޝްމަނުން ފަލަސްތީނުގެ ބިންތަކާއި މުދާ ފޭރިގަތުން ހުއްޓުވުމުގެ ހިތްވަރު ވަށައިގެންވާ ގަލްފުގެ ގައުމުތަކަށް ލިބިގެންދާނެ ކަމަށްވެސް އީރާނުގެ ރޫހީ ލީޑަރު ވިދާޅުވިއެވެ. މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން […] - [އެންމެންވެސް ހީކުރީ ބިންހެލުމެއް ކަމަށް، އާންމުންނާ ހަމައަށް ނުރައްކާ ފޯރަންނެގީ 7 މިނެޓް](https://gohkolhu.com/65383/): އެންމެންވެސް ހީކުރީ ބިންހެލުމެއް އައީ ކަމަށެވެ. އެއީ ކުއްލިއަކަށް އެރި ވަރުގަދަ ލޮޅުމާ އެކުގައެވެ. އެހެން ނަމަވެސް، އެއީ ނުރައްކަލެއް އަންނަކަމުގެ އިންޒާރެއް ކަމެއް އެއްވެސް ބަޔަކު ހީނުކުރެއެވެ. އިވުނު ބާރުގަދަ އަޑުފަށްގަނޑާއެކު ނޭޕާލް-ޓިބެޓް ބޯޑަރުގެ ނޭޕާލް ފަޅީގެ ރަސޫވަގަދީއާ ހަމައަށް ނުރައްކާ ފޯރަން ނެގީ ގާތްގަނޑަކަށް އެންމެ 7 މިނެޓެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެއީ، ގަނޑުފެނާއި، ހިލައާއި، ކިސަޑު ހިމެނޭ ބިޔަ ސައިލެކެވެ. އެއީ، ނުހަނު ބާރު ސްޕީޑްގައެވެ. އެ ސައިލު ދެމިގެންދިޔައީ ގެތަކާއި، އަވަށްތައް ސުންނާފަތި ކުރަމުންނެވެ. ގެތަކުގައި ތިބި މަދު ބަޔަކަށް ސަލާމަތްވާން ލިބުނީވެސް މަދު ސިކުންތުކޮޅެކެވެ. ސަލާމަތްވާން ފުރުސަތު ނުލިބުނު މީހުން ދެމިގެންދިޔައީ ކިސަޑުތަކުގެ ސައިލާއެކުގައެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ހިތްފަޅައިގެންދާ ވަރުވެއެވެ. ސަލާމަތްވާނޭ އެއްވެސް ގޮތެއްނެތި މީހުންނާއެކު ގެތައް ސައިލާއެކު ދެމިގެންދާތަން ފެނެއެވެ. ހިމާލަޔަން ފަރުބަދަތަކުގެ މަތިން ފެށުނު ކިސަޑު ސައިލު، ފަރުބަދަތަކުން ތިރިއަށް ގާތްގަނޑަކަށް 200 ކިލޯމީޓަރު […] - [ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތެދުވުމަކީ އިސްލާމީ ވާޖިބެއް: އީރާނުގެ ރައީސް](https://gohkolhu.com/65380/): އިސްލާމީ ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް އެއްބައިވަންތަކަމާއި އެއްބާރުލުން ވަރުގަދަ ކުރުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން އިލްތިމާސް ކުރައްވައިފިއެވެ. އީރާނުގެ ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، ތެހެރާނުގައި ބޭއްވި އިންޓަރނޭޝަނަލް އިސްލާމިކް ޔޫނިޓީ ކޮންފަރެންސްގައި ތަގްރީރު ކުރައްވަމުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އިސްލާމީ ގައުމުތައް ހުރިހާ މައިދާނެއްގައި އެއްބައިވަންތަވާންޖެހޭ ކަމަށެވެ. އެގޮތުން، އިސްލާމީ ގައުމުތަކުގެ މެދުގައި އިގްތިސަދީ އެއްބާރުލުން ފުޅާކޮށް، ދޭދޭ ގުޅުންތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރަންޖެހޭ ކަމަށެވެ. އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން އީރާނާ ދެކޮޅަށް ފެށި އުދުވާނުތަކަށް އީޝާރާތް ކުރައްވައި އީރާނުގެ ރައީސް ވިދާޅުވީ، އިސްލާމީ ގައުމަކާ ދެކޮޅަށް އުދުވާނު ހިންގުމަށް އިސްލާމީ އެހެން ގައުމެއްގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ހާލެއްގައި ދީގެން ނުވާނޭ ކަމަށެވެ. ޕެޒެޝްކިއާން ވިދާޅުވީ، އަމިއްލަ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް އިސްލާމީ ގައުމަކުން އަވަށްޓެރި ގައުމެއްގެ ސަލާމަތަށް ނުރައްކާ ކޮށްގެން ނުވާނޭ […] - [މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްފި](https://gohkolhu.com/65376/): މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްފި އެވެ. ހޯމަ ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން ‘އެމް.ޕީ.ބީ ޕްލަސް” އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފަ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމް.ޕީ.ބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރާ […] - [އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނު އިސްތިއުމާރު ކުރީމާވެސް އެމެރިކާއަށް ގޯސްވީ ހިޒްބުﷲ](https://gohkolhu.com/65370/): އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް އަރައި، ލުބުނާނުގެ ދެކުނު އިސްތިއުމާރު ކޮށްގެން ތިބި ތިބުމުގެ ޒިންމާ އުފުލަން ޖެހޭނީ ހިޒްބުﷲއިން ކަމަށް އެމެރިކާއިން ބުނެފިއެވެ. މިގޮތަށް މި ވާހަކަ ދައްކާފައިވަނީ އެމެރިކާ ސަރުކާރުގެ ޚާރިޖިއްޔާއިންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އިސްތިއުމާރީ ސިފައިން މިދިޔަ ހޮނިހިރު ދުވަހުވަނީ، ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީފައެވެ. މި ހަމަލާތަކުގައި އާންމުންގެ 11 މީހުން މަރުވިއިރު، އޭގެތެރޭގައި 3 ކުޑަކުދިންނާއި، ދެ އަންހެނުންވެސް ހިމެނެއެވެ. އެއް އާއިލާގެ 6 މެމްބަރުން މަރުވެފައި ވެއެވެ. ޒަޚަމްވި އާންމުންގެ އަދަދު 19 އަށް އަރައެވެ. އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދައަށް ބޮންއަޅައި، މަނާ ހަތިޔާރުގެ ބޭނުންކޮށްގެންވެސް ދެކުނަށް ހަމަލާތައް ދީފައިވަނީ ހިޒްބުﷲގެ ޑްރޯންއެއް ފެނިގެން ކަމަށް ބުނެއެވެ. ހިޒްބުﷲއިން މަސައްކަތް ކުރީ، ލުބުނާނުގެ ދެކުނުގެ އިތުރު އަވަށެއް ހިފަން އިސްތިއުމާރީ ސިފައިން ކުރިއަށް ޖެހުން ހުއްޓުވުމަށެވެ. އެކަމުގެ ތެރޭގައި ހިޒްބުﷲގެ ހަމަލާއެއް އަމާޒުވެ އިސްތިއުމާރީ ސިފައިންގެ […] - [މޯލްޑިވިއަން އިން ޖާނީޕްލަސްގެ ނަމުގައި އާ ހިދުމަތްތަކެއް ތައާރަފްކޮށްފި](https://gohkolhu.com/65366/): ގައުމީ އެއާލައިން، މޯލްޑިވިއަން އިން މޯލްޑިވިއަން ޖާނީޕްލަސް ގެ ނަމުގައި އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އާ ހިދުމަތްތައް ތައާރަފްކުރީ ފަސިންޖަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު އޮޕްޝަންތައް ދިނުމަށް ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޖާނީޕްލަސް ހިދުމަތާ އެކު ފަސިންޖަރުންނަށް މިހާރަށް ވުރެ ފްލެކްސިބަލް ހިދުމަތްތަކެއް ލިބޭނެ އެވެ. އެ ހިދުމަތުގެ ފުރަތަމަ ފޭސްގެ ތެރެއިން މުހިއްމު ފަސް ހިދުމަތެއް މިހާރު ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. ޖާނީޕްލަސް ފޭސް 1 ހިދުމަތްތައް: 1. ޖާނީޕްލަސް ޕްރިިއާ: އެ ހިދުމަތުގެ ދަށުން ކަސްޓަމަރުންނަށް ޕްރައޯރިޓީ ޗެކިން ހިދުމަތް އަދި ބެގޭޖް ހެންޑްލިން ލިބޭނެ އެވެ. އަދި އިންޓަނޭޝަނަލް ކަސްޓަމަރުންނަށް ވެސް ޕްރައޯރިޓީ ބޯޑިން ހިދުމަތް ލިބޭނެ އެވެ 2. ޖާނީޕްލަސް ބޭގްސް: އެ ހިދުމަތުގެ ތެރެއިން ކަސްޓަމަރުންނަށް އިތުރަށް ބެގޭޖް ބޭނުންވާ ފަރާތްތަކަށް ބެގޭޖް ގަނެވޭނެ އެވެ. 3. ޖާނީޕްލަސް ރިލެކްސް: އެ ހިދުމަތުގެ ދަށުން […] - [ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައު ރައީސް ހުޅުއްވައިދެއްވައިފި](https://gohkolhu.com/65362/): ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ “ވާހަކަ ވައު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިތަން ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ވާހަކަ ވައު ތަރައްޤީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައެވެ. މި ތާރީޚީ ބިނާއާ އިންވެގެން އޮތް ޤުދުރަތީ ވަލުތެރޭގައި ހަދާފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. މި މަގުގެ ކޮންމެ ހިސާބެއްގައިވެސް ތާރީޚީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑެއް ވަނީ ބަހައްޓާފައެވެ. މި ބޯޑުތަކުގެ އެހީގައި […] - [ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވައިފި‏](https://gohkolhu.com/65359/): ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމްޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏އެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް: * ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ * އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން – އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ * ޞިއްޙީ ދާއިރާއިން – ސޮސައިޓީ ފޮރ ހެލްތި އެޑިޔުކޭޝަން (ޝީ) * ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން – ނަޖުމާ ޙުސައިން، ގ. ނޫރީފެހި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް: * އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން – […] - [ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަރެސް ޢާމިރަށް](https://gohkolhu.com/65356/): ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މުޙައްމަދު ޢާމިރު އަޙްމަދު ފަރެސްއަށް ދެއްވައިފިއެވެ. ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އިނާމު ހަވާލުކުރުން އޮތީ ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިއިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މުޙައްމަދު ޢާމިރު އަޙްމަދަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައި ދިވެހިބަހުގެ މަންހަޖު އުފެއްދުމާއި، މުޤައްރަރާއި ފޮތްތައް ލިޔުއްވުމާއި، އިމްތިޙާނު ކުރުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަ ދުވަހު އާމިރުވަނީ ޚިދުމަތް ކުރައްވާފައެވެ. މުޙައްމަދު ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުއެވެ. މި ދެ ކޯހުގެ މުދައްރިސަކީ، ރާއްޖޭގެ ލާމަސީލު ޝާޢިރު އަދި […] - [ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ އަޙްމަދު ޝާކިރަށް](https://gohkolhu.com/65353/): ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު ކަށިމާއަށް ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަޙްމަދު ޝާކިރަށް އެރުއްވީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފު ކަށިމާ ޝާކިރަށް އެރުވީ ދިވެހި ޤައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ކަށިމާ އަޙްމަދު ޝާކިރު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ. އެމަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމުގެ […] - [ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފި](https://gohkolhu.com/65349/): ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މިރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާ ބައްލަވާލައްވާފައެވެ. “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 […] - [ނަތަންޔާހޫ ދެއްކި މަލާމާތުގެ ވާހަކަތަކަށް އިނގިރޭސި ސަރުކާރު އަދިވެސް ހިމޭނުން](https://gohkolhu.com/65339/): އިނގިރޭސިވިލާތަކީ ނިއުކްލިއަރ ހަތިޔާރު ހުރި “އިސްލާމީ ފުރަތަމަ ދައުލަތް” ކަމަށް މުޖުރިމު ނަތަންޔާހޫ ބުނީމާ އިނގިރޭސީން ހތްހަމަ ނުޖެހިގެން އުޅޭ ކަމަށް ވެއެވެ. އިނގިރޭސީންގެ އިތުރުން، ޔަހޫދީ އިސްރާއީލުގެ ބައެއް މީހުންވެސް އެ ވާހަކަ ދައްކަމުންގެންދާ ކަމަށް ވެއެވެ. އިނގިރޭސިވިލާތަށް ނިސްބަތްކޮށް ނަތަންޔާހޫ ބުނީ އެއީ “އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓްން” ކަމަށެވެ. އަދި އެއީ، ނިއުކްލިއަރ ހަތިޔާރު ހުރި އިސްލާމީ ފުރަތަމަ ދައުލަތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އިނގިރޭސިވިލާތަށް ނިސްބަތްކޮށް ނަތަންޔާހޫ މިހެން ބުނީ، އެގައުމަށް ކުރި މަލާމާތެއްގެ ގޮތުގައެވެ. އެއީ، އިނގިރޭސިވިލާތުގައި މުސްލިމުންގެ އާބާދީ އިތުރުވެ އަދި ނުފޫޒުގަދަ މަގާމުތަކަށް މުސްލިމުން އަންނާތީއެވެ. މުސްލިމުންގެ ނުފޫޒު އިނގިރޭސިވިލާތުގައި ފުޅާވަމުން އަންނާތީ އެކަމުގެ ހިތްދަތިކަމުގައެވެ. އިސްތިއުމާރީ ދައުލަތުގެ ވެރިކަމުގައި މިހާރު ތިބި ހަރުކަށި ދުރު ކަނާތުފިޔައިގެ މީހުންގެ ބަހުގެ ހަމަލާތަކާއި މަލާމާތުގެ ބަސްތައް އިނގިރޭސިވިލާތަށް މިފަހުން ވަރަށް ބޮޑަށް އަމާޒުވަމުން ގޮސްފައި ވެއެވެ. ނަތަންޔާހޫވެސް މިވަނީ އެކަމުގައި […] - [އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް އެމެރިކާގެ ކޮމާންޑަރު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތައް އާންމުވެއްޖެ](https://gohkolhu.com/65336/): އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ މިދިޔަ ހަފްތާގައި ކުއްލިގޮތަކަށް އިސްރާއީލަށް ވަނީ ދަތުރެއް ކޮށްފައެވެ. މިއީ، އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިންނާ މަޝްވަރާ ކުރުމަށް ކުރި ދަތުރެއް ކަމަށް، އެމެރިކާ ސަރުކާރާއި، ޒަޔަނިސްޓު މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އޭނާވަނީ އިސްރާއީލަށް ގޮސް، އިސްރާއީލުގައި ބޭއްވި ސިފައިންގެ އިސް ވެރިންގެ އޮޕަރޭޝަނަލް ފޯރަމެއްގައި ބައިވެރިވެފައެވެ. މި ފޯރަމްގައި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމިރުއާއި، އިސްރާއީލު ޑިފެންސް ފޯސްގެ ޖެނެރަލުންނާއި، ކޮމާންޑަރުން ބައިވެރިވިއެވެ. އެހެން ނަމަވެސް، އެޑްމިރަލް ބްރެޑް ކޫޕަރގެ މި ދަތުރުގެ އަސްލު މަގްސަދާ ގުޅޭގޮތުން މިހާރު ދަނީ ތަފާތު ވާހަކަތައް ފެތުރެމުންނެވެ. އިސްރާއީލުގެ ޗެނަލް13 އިން ބުނެފައިވަނީ، އެޑްމިރަލް ބްރެޑް ކޫޕަރ މަސައްކަތްކޮށް އަދި  ބާރު އަޅަމުންގެންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ކަމަށެވެ. އަދި އެކަމުގައި އިސްރާއީލު ސިފައިން ބައިވެރިވާންވެސް އޭނާ […] - [ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު ބީއެމްއެލްއިން އިތުރުކުރަނީ](https://gohkolhu.com/65333/): ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި، ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފުތާގައި ޓީޓީތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލްއިން ބުނީ، މި ބަދަލު ގެންނަން ނިންމީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ. އެމްއެމްއޭ އިން މި ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު […] - [އަސްލާ އެއްގޮތަށް ހަދައިގެން ކެންސަރު ބަލީގެ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށް ވިއްކަމުންދަނީ](https://gohkolhu.com/65330/): އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަން ކަށަވަރުކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ. އެ އިދާރާއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދަނީ އޮޕްޑިވޯ ބްރޭންޑުގެ ނުވޮލިޔުމެބްގެ 10 މިލިލީޓަރުގެ ބެޗު ނަންބަރު، 8081399 ކަމަށެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމްއެފްޑީއޭއިން ވަނީ، ނުވޮލިޔުމެބްގެ އެ ބެޗުގެ ބޭސް އެއްވެސް ގޮތަކަށް ރާއްޖެއަށް އެތެރެކޮށް ވިއްކާ އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފަ އެވެ. މީގެ ކުރިން، މެއި މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކަމުންދިޔަ 21 ބޭހެއްގެ ލިސްޓު އާންމުކޮށް ސިއްހީ ނުރައްކަލުގެ އިންޒާރު ދީފަ އެވެ. އެ އިދާރާއިން އޭރު ބުނީ، ހުއްދަ ނެތް ފަރާތްތަކުން ބޭސް އެތެރެކޮށް އޮންލައިން ޕްލެޓުފޯމުތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކާ ކަމަށެވެ. […] - [ރާއްޖެއަށް ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާ އެކު ސޮއިކޮށްފި](https://gohkolhu.com/65327/): ރާއްޖެއަށް ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާ އެކު، ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން މިއަދު ސޮއިކޮށްފި އެވެ. ސްޓޭޓް ފާމާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ހަވާލުކުރީ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެ އެއްބަސްވުމުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިވުމާއި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ. “މީގެ ސަބަބުން މި ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ. އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް،” ސްޓޭޓް ފާމާއިން މީގެ 30 އަހަރު ކުރިން ބަންގްލަދޭޝްގައި […] - [މޯލްޑިވިއަނުން ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓު ގެންނަން އެއްބަސްވުމުގައި ސޮއިކޮށްފި](https://gohkolhu.com/65324/): ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ޓްވިން އޮޓަގެ ދެ މަތިންދާބޯޓު ގެންނަން ކެނެޑާގެ ޑި ހެވިލަންޑް އެއާކްރާފްޓް ލިމިޑެޓާ އެކު އިއްޔެ ސޮއިކޮށްފި އެވެ. އައިލެންޑް އޭވިއޭޝަނުން ގެންނަނީ ޑީއެޗްސީ 6 ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާގް އެވެ. މިއީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ޓްވިން އޮޓަ މަތިންދާބޯޓު ބޭނުންކުރާ ދިވެހިރާއްޖޭގައި، ޓްވިން އޮޓަ ކްލާސިކް 300-ޖީ މޮޑެލްގެ މަތިންދާބޯޓަކަށް އޯޑަރު ދިން ފުރަތަމަ ފަހަރެވެ. ޓްވިން އޮޓަ މަތިންދާބޯޓަކީ ފާއިތުވި ދިހަވަރަކަށް އަހަރު، މާލެއިން ރިސޯޓުތަކަށާއި އެކި ރަށްރަށަށް ޓޫރިސްޓުން އުފުލައިދީ، ރާއްޖޭގެ ޓޫރިޒަމްގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޯޓުތައް ކަމަށާއި ކްލާސިކް 300-ޖީ އާ އެކު، […] - [ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި](https://gohkolhu.com/65321/): ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ އާއި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ސްވިމިން ޓްރެކް ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހަނިމާދޫ އަދި ހޯރަފުށީގައި ސްވިމިން ޓްރެކް ޕްލެޓްފޯމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ހަނިމާދޫ އަދި ހޯރަފުށީގައިވެސް ސްވިމިން ޓްރެކް ޕްލެޓްފޯމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރ އަމާނީ އާދަމްއެވެ. ރެޕިޑް އިންޖިނިއަރިންގ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. - [އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ](https://gohkolhu.com/65318/): މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” (އެއިމް) ރަސްމީކޮށް އިފްތިތާޙުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގައި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީއެވެ. ޗާންސެލަރުގެ އަރިހުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ ޝަރީފެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވީ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީ.އީ.އޯ ޝަރީފް ވިދާޅުވީ، އޭ.އައި.އެމްގެ މަޤްޞަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މި އިންސްޓިޓިއުޓަކީ އެއަރޕޯޓްތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން […] - [ދައުލަތަށް ލިބުނު އާމްދަނީ 9.3 އިންސައްތައިން އިތުރުވެއްޖެ](https://gohkolhu.com/65312/): ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު، 06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ 9.3 އިންސައްތަ އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތައިން އިތުރުވެފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ކޯޕަރޭޓް އިންކަމް ޓެކްސްއަކީ މި މުއްދަތުގަ ދައުލަތަށް އާމްދަނީ ލިބުނު މުހިންމު […] - [ޕީޖީ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު، "ޕީޖީއޯ 2.0" މިއަދު އިފްތިތާހުކޮށްފި](https://gohkolhu.com/65308/): ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު، “ޕީޖީއޯ 2.0” މިއަދު އިފްތިތާހުކޮށްފިއެވެ. ބާސެލޯގައި މިއަދު އޮތް ހަފްލާއެއްގައިޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ހާއްސަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެވެ. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަސައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު،ޕީޖީ އޮފީހަކީ، އިންސާނީ ހައްގުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުމެވެ. މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް “މަފިނި” […] - [ޑައިވިންގް ދޯންޏެއް ނޮޅިވަރަންފަރު ފަރަށް އަރައިފި](https://gohkolhu.com/65303/): ހަ މީހުންނާއެކު ދަތުރުކުރި “އުރަފާ” ނަމަކަށް ކިޔާ ޑައިވިންގް ދޯންޏެއް ހދ. ނޮޅިވަރަންފަރުގެ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ. ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ފަރަށް އެރި މި ދޯނީގައި ހާދިސާ ހިނގި ވަގުތު ހަ މީހުން ތިއްބެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ. - [ވަޒީފާގެ ބާޒާރަށް ޚާއްސަ "މައި ކެރިއާ ޕޯޓަލް" އިފްތިތާޙުކޮށްފި](https://gohkolhu.com/65300/): ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއާ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ “މައި ކެރިއާ ޕޯޓަލް” މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ   މިއީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން އިސްނަގައިގެން ތަރައްޤީކޮށްފައިވާ ރަސްމީ ޕްލެޓްފޯމެކެވެ. މި މަސައްކަތަށް ފަންޑުކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ “ސެއިލްސް” ޕްރޮޖެކްޓުގެ ދަށުންނެވެ.   އެންސީއެސްއިން ބުނި ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ.   މިއަދު އިފްތިތާޙުކުރި މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނެއެވެ.   އޭގެ ތެރޭގައި ހިމެނޭ […] - [ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް](https://gohkolhu.com/65297/): ކުރިއަށްއޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިމަހުގެ 14ގެ ނިޔަލަށް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށެވެ. އަދި އުުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ ހެނދުނު 8:15އން މެންދުރު 2:00އާ ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް […] - [ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ސިޓީ ކައުންސިލުންދޭ "ސްކޫލް ގްރާންޓް" އެއްބަސްވުންތަކުގައި ސޮއިކޮށްފި](https://gohkolhu.com/65293/): ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކުގެ ތަރައްޤީއަށް ދެމުންގެންދާ “ސްކޫލް ގްރާންޓް” 2026 ވަނަ އަހަރު ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލަކާއެކުގައެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައިވާ ކަންކަން ހާސިލްކުރުމަށްޓަކައި، ކޮންމެ ސްކޫލަކަށް 100،000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގާ ތަފާތު ހަރަކާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީވެސް މި ގްރާންޓުގެ ބޭނުމެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ މެދުކެނޑުމެއްނެތި މި އެހީތެރިކަން ސްކޫލްތަކަށް ފޯރުކޮށްދެމުންނެވެ. އެގޮތުން 2024 އަދި 2025 ވަނަ […] - [ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި](https://gohkolhu.com/65289/): ހދ. ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެ ރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 7 އޯގަސްޓް 2026 ވީ ހުކުރު ދުވަހު ބޭއްވުނު މި ބައްދަލުވުމަކީ ނައިވާދޫ ކައުންސިލާއި އެ ރަށު ޕޮލިސް ޕޯސްޓް ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ނައިވާދޫއަކީ ކުށްމަދު، އަމާން އަދި ރައްކާތެރި މުޖުތަމައެއްގެ ގޮތުގައި ބޭއްވުމެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ބައްދަލުވުމުގައި ބިދޭސީންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމުގެ މުހިންމުކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ފުލުހުންނާއި ކައުންސިލުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ. - [ހިރިމަރަދޫގައި އަލުން ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައިފި](https://gohkolhu.com/65286/): ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައަޅާފައިވާ ނިންމުން ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލެއް އިންތިހާބުކުރަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ. ހިރިމަރަދުއަކީ ފަޅު ރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުންނެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ބައްދަލުކުރުމަށްފަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީން އެދެނީ، ހިރިމަަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް އެ ރަށުގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ މީހުންނަށް ހަނިމާދޫން 18 މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓު ނުދެވޭނެ ކަމަށާއި […] - [ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި](https://gohkolhu.com/65283/): ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރަސްމީކޮށް ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މި ބެޗަށް ކުދިން ހޮވުމުގެ މަސައްކަތް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް، މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މި ބެޗުގައި ފުރުޞަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް އިސްކަންދީގެން ކަމަށެވެ. މި ސެލެކްޝަން ޕްރޮސެސް މާލެ ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ކުރިއަށްދާއިރު، އެމްއެންޑީއެފްގެ 6 ޓީމަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ […] - [ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ](https://gohkolhu.com/65278/): ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ބޭރުގެ އެހީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ”ފްރެންޑްސް 4“ ނަމަކަށް ކިޔާ އެ ދޯނި އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:40 ހާއިރެވެ. އެ ހާދިސާ ހިންގި އިރު، ދޯނީގައި އަށް މީހުން ތިބި އިރު، ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން (35އ) ފިޔަވައި އެންމެން ސަލާމަތްވި އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެ ހާދިސާގައި ދެން ގެއްލުނީ ދޯނި ސަލާމަތްކުރަން އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39އ) އަދި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އެވެ. ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނީ ދޯނި ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން […] - [ގައްދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި](https://gohkolhu.com/65275/): މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ގދ. ގައްދޫގައި މިއަދު ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ހިދުމަތް ގައްދޫގައި ފެށުމާއެކު ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ގައްދޫ ހިޔާރު ކުރެވޭނެ އެވެ. ގދ. ގައްދޫގެ އިތުރުން ތިނަދޫ ސިޓީންވެސް ޕާސްޕޯޓްގެ ހިދުމަތް ލިބެ އެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ހިދުމަތް ހޯދާ މިހުންގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ވަނީ ފަށައިފައެވެ. - [ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފި](https://gohkolhu.com/65271/): 2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދަ ބިންގަލެއް އެޅުމެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއަކީ ކޮންމެ އަހަރެއްގެ އޯގަސްޓް 1 އިން 7 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ހަފްތާއެކެވެ. - [ހަލާލް ޓޫރިޒަމް ހިމެނޭހެން 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރަން ހުޅުވާލައިފި](https://gohkolhu.com/65267/): ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަކިވަކިން ކުރި އިއުލާނެއްގެ ދަށުން ހުޅުވާލި މި ފުރުސަތަކީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ފަތުރުވެރިކަމަށް ދޫކުރި އެއް ފަހަރެވެ. މި ބީލަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިފައިވާ ތިން ސަރަހައްދެވެ. އެއީ ހދ. މަަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން، ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި މަަކުނުދޫގައި މަދުވެގެން 150 އެނދު ބިނާކުރަންޖެހޭއިރު، ފޮނަގާދޫ އަދި ދޮންހެރައިގައި މަދުވެގެން 100 އެނދު ބިނާކުރަންޖެހެއެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި ރަށްތަކުގައި ރިސޯޓު ހިންގަންވާނީ 50 އަހަރުގެ މުއްދަތަށް، އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. މީގެ ތެރޭގައި އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން […] - [ހޮރްމޫޒުން އީރާނުގެ ބާރު ކަނޑުވާނުލެވުނު ކަމަށް އެމެރިކާގެ ރައީސް އިއުތިރާފްވެއްޖެ](https://gohkolhu.com/65264/): ހޮރްމޫޒުގައި އީރާނުގެ ބާރު ކަނޑުވާ ނުލެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުން އިއުތިރާފް ވެއްޖެއެވެ. އެމެރިކާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، އުޅަނދުފަހަރު ހުރަސްކުރަން ހޮރްމޫޒު ރައްކާތެރި ނޫން ކަމަށެވެ. އީރާނުން ކަނޑުގައި އަޅާފައިވާ މައިންތަކާއި، އަދި އީރާނުން ހަމަލާ ދީފާނޭކަމުގެ ނުރައްކާ ހޮރްމޫޒުގައި އަދިވެސް އެބައޮތް ކަމަށާއި، އެހެންވެ، ޝިޕިންގ ކުންފުނިތަކުން ރިސްކް ނަގަން ބޭނުން ނުވާ ކަމަށާއި، އެއީ، އީރާނުން ހަމަލާ ދީފިނަމަ އެމީހުންގެ އެތައް ބިލިއަން ޑޮލަރެއްގެ މުދަލަށް ގެއްލުން ލިބޭނެތީ ކަމަށް ޓްރަމްޕް ބުންޏެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ އެމެރިކާއިން މަސައްކަތް ކުރަމުން ގެންދިޔައީ، އެމެރިކާ ސިފައިންގެ ހިމާޔަތުގައި ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓުފަހަރު ހޮރްމޫޒު ހުރަސް ކުރުމަށެވެ. އީރާނުން ހަމަލާދޭތީ ދެން މަސައްކަތް ކުރީ އޮމާނާ ގުޅިގެން އެކަން ކުރުމަށެވެ. އެގޮތަށްވެސް އުޅަދަކަށް ހޮރްމޫޒު ހުރަސް ނުކުރެވުމުން ދެން މަސައްކަތް ކުރީ އދގެ މެރިޓައިމް އޮގަނައިޒޭޝަނާ ގުޅިގެން ސަދަން ރޫޓެއް ކަނޑައަޅައި އެކަން […] ## Pages - [ހުރިހާ ލިޔުންތައް](https://gohkolhu.com/posts/) - [ސީޝެލްސް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މޮޅުވެއްޖެ](https://gohkolhu.com/%de%90%de%a9%de%9d%de%ac%de%8d%de%b0%de%90%de%b0-%de%87%de%a7%de%87%de%a8-%de%8b%de%ac%de%86%de%ae%de%85%de%a6%de%81%de%b0-%de%83%de%a7%de%87%de%b0%de%96%de%ac%de%87%de%a8%de%82%de%b0-%de%86%de%aa/): ސީޝެލްސް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ރާއްޖެ މޮޅުވިއިރު، މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ ބަލިކޮށް ތިން ވަނަ ހޯދި ފަހުން ލިބުނު ފުރަތަމަ މޮޅެވެ.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ މި މެޗު ފަށައިގެން ސީޝެލްސް ޓީމުން ކުރިޔަށް ޖެހި ރާއްޖޭގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް އެ ޓީމަށް ގޯލަށް ނުރައްކާކޮށް އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ސީޝެލްސް ކޮޅަށް ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ސީޝެލްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ މަރިޔަމް ނޫރާއެވެ. އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ރާއްޖެ އަންނަ ބުރާސްފަތި ދުވަހު ސީޝެލްސްއާއި ބައްދަލުކުރާއިރު […] - [ގެލެރީ](https://gohkolhu.com/gallery/): އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ - [Contact Us](https://gohkolhu.com/contact-us/): This contact form is created using Everest Forms. To download this contact form plugin click here. This contact form is just for demo purpose. If you have any theme related support questions, please put your query in our support forum http://themegrill.com/support-forum/. And if you have any theme related sales questions or if you just want to say hello, please send your message via our contact page http://themegrill.com/contact/.އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ - [Home](https://gohkolhu.com/) [comment]: # (Generated by Hostinger Tools Plugin)