ދިއްދޫއިން އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 95 އަށް!

ޚަބަރު ފަހުގެ

ހއ. ދިއްދޫއިން އިތުރު 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ދިއްދޫން ޖުމްލަ 830 ސާމްޕަލް މިއަދާ ހަމަޔަށް ނަގާފައިވާއިރު އޭގެތެރެއިން 95 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރޭން 708 ސާމްޕަލް ނެގެޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބޭ 34 ސާމްޕަލެއް ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށުގަ ހުރި ފްލޫކުލިނިކަށް ދެއްކި މީހެކެވެ. ދިއްދޫން މީހަކު ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ