އާރު.ބީ.ޖީ ސްޕޯރޓްސް ކުލަބުގެ ހީވާގި އަންހެން ކަނބަލުންގެ ރޯދަވީއްލުމެއް ނިކަ އައިލެންޑް ރިޒޯޓްގެ މުވައްޒަފުންނަށް

ޚަބަރު ފަހުގެ

އާރު.ބީ.ޖީ ސްޕޯރޓްސް ކުލަބުގެ ހީވާގި އަންހެން ކަނބަލުންގެ ރޯދަވީއްލުމެއް ނިކަ އައިލެންޑް ރިޒޯޓްގެ މުވައްޒަފުންނަށް ދީފިއެވެ.

އިއްޔެ އެ ކުލަބުގެ ކަނބަލުންގެ ފަރާތުން ނިކަ އައިލެންޑް ރިޒޯޓުގެ މުވައްޒަފުންނަށް ރޯދަވީއްލުން އަރުވާފައި ވާއިރު، ރޯދަވީއްލުމަށް ތަކެތި ތައްޔާރު ކޮށްފައިވަނީ އެ ކުލަބުގެ އަންހެންވެރިން އެކަނބަލުންގެ ގެތަކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނިކަ އައިލެންޑް ރިޒޯޓަކީ ބޮޑުފޮޅުދޫގެ ގިނަ ރައްޔިތުން ވަޒިފާ އަދާކުރާ ރިޒޯޓެކެވެ. އަދި އާރު.ބީ.ޖީ ސްޕޯރޓްސް ކުލަބުގެ ގިނަ މެމްބަރުން ވެސް އެ ރިޒޯޓްގައި މަސައްކަތްކުރެއެވެ.

“މި ކުލަބުގެ އަންހެން ކަނބަލުން ބޭނުންވީ ކޮވިޑް 19 ގެ ސަބަބުން ރަށަށް ނާދެވިފައި ތިބި މީހުންނަށް ރަށަށް ނާދެވުނު ކަމުގައި ވީ ނަމަވެސް އެކަން އިހުސާސް ވިޔަނުދޭން. އެހެންވެ މިފަދަ ހަރަކާތެއް މި ކުރިއަށް ގެންދިޔައީ.” އެ ކުލަބުގެ ރައީސް ވިދާޅުވިއެވެ.

ރިޒޯޓަށް ތަކެތި ހަވާލުކުމަށް ދިޔަ ދަތުރުގައި ކުލަބުގެ ހިންގާކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން އަންހެން މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

އާރު.ބީ.ޖީ ސްޕޯރޓްސް ކުލަބުން މި ރަމަޟާން މަހު ހިންގުނު ބައެއް ހަރަކާތައް

  • އޭޕްރީލް 30 ވަނަ ދުވަހު ކުލަބުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ކުލަބަށް ހަދިޔާކޮށްފައިވާ 50 މުސްހަފް ރަށުގެ އެކިއެކި ފަރާތްތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން، އއ.ބޮޑުފޮޅުދޫ ސްކޫލަށާއި، އަމިއްލަ ފަރާތަކުން ހިންގާ ޤުރުއާން ކުލާހަކަށާއި، ރަށުގެ 2 މިސްކިތަށާއި، ރަށުގައި ތުއްތު ކުދިންނަށް ޤުރުއާން އުގަންނައިދޭ ކޮންމެ ގެއަކަށް މުސްހަފް ހަދިޔާކޮށްފައިވެއެވެ.
  • 7 ވަނަ ދުވަހު އެ ކުލަބުން ފެށި އާރު.ބީ.ޖީ އައްނޫރު ޤުރުއާން މުބާރާތް ވަނީ 10 ވަނަ ދުވަހު ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައެވެ. އެ ކުލަބުން ދަނީ ޤުރުއާން މުބާރާތުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ