ޅައިމަގުން އެކްޓިވް ކޭސް 14 އަށް އަރައިފި

ޚަބަރު ފަހުގެ

ޅައިމަގުން އިތުރު 4 މީހުން ޕޮޒިޓިވްވެ، އެކްޓިވް ކޭސް 14 އަށް އަރައިފިއެވެ.

ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބުދުލް ރާފިއު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އެރަށުން އިއްޔެގައި ބަލީގެ އަލާމާތް ހުރި 16 މީހެއްގެ ސާޕަލް ނެގުނުކަމަށާ އެތަނުން ހަތަރު މީހުން ޕޮޒިޓިވް ވެފައި ވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޅައިމަގު ކޭސްތަކާއި ގުޅިގެން މުނީޓަރިންނަށް 30 ގެއެއް ލެވިފައި މިހާތަނަން އެބަހުއްޓެވެ. އަދި އައިސޮލޭޓް ކުރެވިފައި 8 ގެ ޔަކާ 1 ބޯޓު އެބައޮތެވެ.

މެއި 9 ވަނަދުވަހު ޅައިމަގު ވަނީ މުނީޓަރިނަންލާފައެވެ. އެއީ ހޯމްކަރަންޓީންގައި ހުރި މީހަކު ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނި އޭނާ ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވެ އޭނާގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގުނު ސާޕަލް ޕޮސިޓިވްވެ، ރަށުތެރޭން އިތުރު ކޭހެއް ފެނުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ