ރަޝިއާގެ ސްޕުޓްނިކް ވެކްސިންއަށް ރާއްޖެއިން ހުއްދަދީފި

ޚަބަރު ފަހުގެ

ރަޝިއާއިން ކޮވިޑް19 އާ ދެކޮޅަށް ތައްޔާރުކުރި “ސްޕުޓްނިކް ވީ” ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ހުއްދަ ދީފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ރަޝިއާގެ “ސްޕުޓްނިކް ވީ” ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ “ރެސްޓްރިކްޓެޑް ޔޫޒް އިން އިމަޖެންސީ ސިޗުއޭޝަން” ގެ ދަށުން ދެވިފަިއވާ ކަމަށެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ 18 އަހަރުން މަތީގެ މީހުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެފްޑީއޭއިން ވިދާޅުވީ 18- ޑިގްރީ ސެލްސިއަސްގެ ފިނިހޫނު މިނުގައި ބަހައްޓަން ޖެހޭ މި ވެކްސިންގެ ރައްކާތެރި ކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް ބަލާފައިވާނަ ކަމަށާއި މިއީ މިހާރު ވެސް 66 ގައުމެއްގައި އިމަޖެންސީ އެޕްރޫވަލް ލިބި ބޭނުން ކުރަމުން އަންނަ ވެކްސިނެއް ކަމަށެވެ.

އެމްއެފްޑީއޭއިން ރާއްޖޭގައި ބޭނުން ކުރުމަށް މިހާތަނަށް ހުއްދަ ދީފައިވަނީ 4 ވެކްސިން އަކަށެވެ. އެއީ “ކޮވިޝީލްޑް” އާއި “ފައިޒާ” އާއި “ސިނޮފާމް” ގެ އިތުރުން މިއަދު ހުއްދަ ދެވުނު “ސްޕުޓްނިކް ވީ” އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ