ށ. ފުނަދޫއާއި ނ. ވެލިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
އެޗްޕީއޭއިން ހާމަ ކޮށްފައި ވާ މައުލޫމާތުތަކަށް ބަލާލާއިރު މި ދެ ރަށް ވެސް މޮނިޓަރިން އަށް ލާފައި ވާ ކަމަށް ދައްކަނީ މިމަހު 7 ވަނަ ދުވަހެވެ. އަދި މި ދެ ރަށް ވެސް މޮނިޓަރިން އިން ނަގާފައި ވަނީ މިއަދެވެ.
ފުނަދޫ މޮނިޓަރިންގެ ހާލަތަށް ލީ، އެރަށުގައި ހޯމް ކަރަންޓީނު ވެގެން ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެގޮތުން، ކަރަންޓީނު ވެގެން ތިބި 9 މީހަކު ޕޮޒިޓިވްވެފައި ވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މިކަމާ ގުޅިގެން ރަށުގައި 127 ރެންޑަމް ސާމްޕަލްތ ނަގާ ޓެސްޓު ކުރިއިރު، ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރު ވެފައި ވާ ކަމަށް ކައުންސިލުން ބުނެއެވެ.
ވެލިދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ޗުއްޓީ ހޭދަކުރަން ދިޔަ ޕާކިސްތާނަށް ނިސްބަތްވާ 16 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެރަށުގައި ވެސް ވަނީ 134 ރެންޑަމް ސާމްޕަލް ނަގާފައެވެ. ނަމަވެސް ހުރިހާ ސާމްޕަލްއެއް ވަނީ ނެގެޓިވް ވެފައެވެ.
ފުނަދޫ އާއި ވެލިދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވާއިރު، މިވަގުތު ރާއްޖޭގެ 50 ރަށެއް މޮނިޓަރިންގައި އޮތްކަން ފާހަގަ ކޮށްލެވެއެވެ.ފުނަޑޫ