ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައުޓްރީޗް ޕްރޮގްރާމް ހަނިމާދޫގައި ކުރިޔަށް ގެންގޮސްފި!

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ ސިޔާސީ

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލްގެ އައުޓްރީޗް ޕްރޮގްރާމް މިއަދު ހަނިމާދޫގައި ކުރިޔަށް ގެންގޮސްފިއެވެ.

ކޮވިޑް 19 ގެ ސަބަބުން ޑޮކްޓަރުންނަން ދެއްކުމުގައި ދިމާވި ދަތިތަކާހުރެ މިމަހު 13 ވަނަދުވަހުން ފެށިގެން، މުޅި ހދ އަތޮޅު ކަވަރުވާހެން ފެށި މި ޕްރޮގްރާމުގައި ބައިވެރި ވަނީ އަންހެނުންގެ ޙާއްސަ ޑޮކްޓަރަކާއި އެރަށަކުން ރިކުއެސްޓްކުރާ ސްޕެޝަލިސްޓުންގެ ތެރެއިން ޑޮކްޓަރެކެވެ.
މިއީ، ކޮވިޑް 19 އާއި ގުޅިގެން ކުޅުދުއްފުށި ނޫން އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ޑޮކްޓަރުންނަށް ދެއްކޭނެ ލުއިި ފަސޭހަގޮތެއް ހޯދައިދިނުމަށް ފަށާފައިވާ ޕްރޮގްރާމްއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ޞިއްޙީމަރުކަޒު ހިންގުމާއިހަވާލުވެ ހުންނެވި ޒުބައިދާ އިބްރާހިމް ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހެނދުނު 8:30 ން ހަވީރު 16:30 ވަންދެން ޑޮކްޓަރުން ބަލިމީހުން ބެއްލެވިކަމަށާއި އަންހެނުންގެ ޙާއްސަ ޑޮކްޓަރު ވަނީ 18 މާބަނޑު މީހުންގެ އިތުރުން 12 ފަރާތެއް ބައްލަވާފައިކަމަށެވެ. މިބެއްލެވުމުގައި ސްކޭންގެ ޚިދުމަތްވެސް ދެއްވާފައިވެއެވެ. މީގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރު ވެސް 30 ބަލިމީހުން ބައްލަވާފައިވެއެވެ. ބަލިމީހުންގެ ލެބޯޓަރީ ތަހުލީލަތަށް ވެސް ދެ ޑަކްޓަރުން ވަނީ ހަދާފައެވެ.

މިއަދު ޑޮކްޓަރަށް ދައްކާފައި ނުކުތް ބައެއްފަރާތްތަކާއި އަޅުގަނޑުމެން ސުވާލު ކޮށްލުމުން ބުނީ ލިބުނު ހިދުމަތަށް 100 އިން 100 ދޭހިތް ވާކަމަށާއި ރަށުން ލިބެންނެތް ސްކޭންގެ ޚިދުމަތް ރަށުން ލިބުމަކީ އުފަލެއްކަމަށެވެ. އުއްމީދަކީ މިފަދަ ޕްރޮގްރާމްތައް ދާއިމީކޮށް ހިންގާނެ ދުވަހެއް ދުށުންކަމުގައެވެ. ނުވަތަ ހަނިމާދޫއިން ސްކޭންގެ ޚިދުމަތް ލިބެންފެށުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ