ރައީސް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ޚަބަރު ފަހުގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރައީސް ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިރޭ 10:00 ޖަހާއިރު ކަމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އަދި މާދަމާއިން ފެށިގެން ތަންފީޒު ކުރާ އާ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މާދަމާ އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް އިތުރުކޮށް، ފާސް ނެތި ގެއިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

އަދި ކާފިއުގެ ވަގުތުތަކުގައި ފިހާރަ، ކެފޭ/ރެސްޓޯރެންޓުތަކުން ޑެލިވަރީ ނޫން ގޮތަކަށް ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އޭގެއިން ހިދުމަތެއް ދީފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތައް މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވަނީ މާދަމާ އިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ