ދިވެހިންގެ އެހީގައި އުތުރު ޣާޒާގައި ހުންނަ އަލްފަލާހް މެޑިކަލް ޗެރިޓެބަލް ކޮމްޕްލެކްސްއަށް ސިއްހީ ސާމާނު ފޯރުކޮށްދީފި

ޚަބަރު ފަހުގެ

ދިވެހިންގެ އެހީގައި އުތުރު ޣާޒާގައި ހުންނަ އަލްފަލާހް މެޑިކަލް ޗެރިޓެބަލް ކޮމްޕްލެކްސްއަށް ސިއްހީ ސާމާނު ފޯރުކޮށްދީފި އެވެ.

އެހީ ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ، އެ ކޮމްޕްލެކްސް އަށް ފޯރުކޮށްދީފައި ވަނީ އެންމެ މުހިންމު ގޮތެއްގައި ބޭނުންޖެހިފައިވާ މެޑިކަލް ސާމާނު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ތަކެއްޗަކީ ޣާޒާގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ އެންމެނަށް މުހިންމު ތަކެއްޗަށް ވާނެ ކަމަށް އައިއެސީން ބުނެ އެވެ.

މީގެ ކުރިންވެސް ދިވެހިންގެ އެހީ ޣާޒާގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ކުޑަކުދިންނަށް ބޭނުންވާ ނެޕީ އަދި ކިރުދަޅު ފަދަ ތަކެއްޗާއި ހޮސްޕިތަލުތަކަށް ބޭނުންވާ ބައެއް ސާމާނުވެސް ވަނީ ފޯރުކޮށްދީފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ