ހަނިމާދޫ ސްކޫލް ލައިބްރަރީ ރީޑިންގް ޕްރޮގްރާމުގެ ނިމުން ފާހަގަކޮށް، ފޮތް ހަދިޔާ ކުރުމުގެ ނަސީބުވެރިން ހޮވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް ލައިބްރަރީ ރީޑިންގް ޕްރޮގްރާމު ނިމުން ފާހަގަކޮށް ފޮތް ހަދިޔާ ކުރުމުގެ ނަސީބުވެރިން ހޮވައިފިއެވެ.

އިއްޔެ ހަަވީރު ހަނިމާދޫ ސްކޫލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށްދިޔަ އެ ހަފުލާގައި ފުރަތަމަ ކުރިއަށްދިޔައީ “ކިޔައިގެން ކާމިޔާބު ހޯދަމާ” މި ނަމުގައި ކުރިއަށްދިޔަ ޕްރޮގްރާމު ނިމި، ދަރިވަރުން އިއުލާން ކުރުމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ސްކޫލް ގްރޭޑް ކްލާސްތަކުގެ އެންމެހައި ދަރިވަރުންނަށެވެ. 2021 ވަނަ އަހަރު ފެބުރުއަރީ 14 ން އޭޕްރީލް 1 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 146 ކުދިން ބައިވެރިވެ 112 ކުދިން ވަނީ އެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާފައެވެ.

މި ޕްރޮގްރާމު ނިންމި ދަރިވަރުންނަށް، ހަނދާނީ ލިޔުމާއި، އިނާމް ހަވާލު ކުރެވިގެންދާނެ ކަމަށް ހަނިމާދޫ ސްކޫލުން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ފޮތްތެރިކަމަށް އޮންނަ ލޯބި އިތުރުކުރުމާއި، މަޢުލޫމާތު ހޯދައި ދެނެގަތުމުގެ ހުނަރު އިތުރު ކުރުން ކަމަށްވެސް ހަނިމާދޫ ސްކޫލުން ބުނެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވުނު އެ ހަފުލާގައި ދެވަނައަށް ކުރިއަށް ދިޔައީ ހަނިމާދޫ ސްކޫލް ލައިބްރަރީން “އަންނަން އޮތް ޖީލުތަކަށް ފޮތެއް” މިނަމުގައި މެއި 30 ން ޖޫން 3 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ނަސީބުވެރިން ހޮވުމެވެ. މިހަރަކާތަށް 600 އަށްވުރެ ގިނަ ފޮތް ލިބިފައިވެއެވެ.

އެގޮތުން އެ ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ބޭފުޅުނަށް ކޫޕަން ދޫކުރެވިފައިިވެއެވެ. ދެ ކެޓަގަރީއަކަށް ބަހާލެވިގެން ކުރިއަށްދިޔަ އިރު، އެ ދެ ކެޓަގަރީއަކީ އާންމުންގެ ބަޔަކާއި ދަރިވަރުންގެ ބައެވެ. ކޮންމެ ބަޔަކުން ވެސް ނަސީބުވެރި 3 ބައިވެރިން ހޮވާފައިވެއެވެ.

ދަރިވަރުންގެ ތެރެއިން ނަސީބުވެރިން ހޮވުމަށް ގުރުއަތު ނަގައި ދެއްވީ ހަނިމާދޫ ސްކޫލް ވައިސް ކެޕްޓަން އައިމިނަތު ހަނާނު ހުސެންއެވެ. ދަރިވަރުންގެ ނަސީބު ވެރިންނަކީ:

  • ފާތުމަތު އީނާ ، ކުލާސް 1 އޭ
  • އަހުމަދު ނިހާޒު އިބުރާހިމް ، ކުލާސް 2 އޭ
  • އާއިޝަތު ޔަޝްމީ ، ކުލާސް 6 އޭ

އާންމުންގެ ނަސީބުވެރިން ހޮވުމަށް ގުރުއަތު ނަގައި ދެއްވީ ހަނިމާދޫ ސްކޫލް ކެޕްޓަން މުހައްމަދު ލޫތު އަބޫބަކުރުއެވެ. އާންމުންގެ ތެރެއިން ނަސީބު ވެރިންނަކީ:

  • އައިމިނަތު ހުސައިން
  • ފާތުމަތު ނާޒުލީން
  • އިހުސަނާ ހުސައިން

މި ފްރޮގްރާމު ސްޕޮންސާ ކަމުގައިވާ އެމް.އޯ.ސީ ބުކްޝޮޕުގެ ފަރާތުން ވަނީ 400 ރުފިޔާގެ ގިޕްޓު ވައުޗާ ހަދިޔާ ކޮށްފައެވެ. މި ވައުޗާ އަށް ވިޔަފާރި ކުރުމުގެ އެންމެ ފަހުގު ތާރީހަކީ ސެޕްޓެމްބަރު 30 ވަނަ ދުވަސް ކަމުގައި ހަނިމާދޫ ސްކޫލުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ