ހަނިމާދޫ ކައުންސިލް މެންބަރުން މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އަހްމަދު މަހްލޫފާއި ބައްދަލު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލް މެންބަރުން މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އަހްމަދު މަހްލޫފާއި ބައްދަލު ކޮށްފިއެވެ.

އިއްޔެ އޮންލައިން ކޮަށް ކުރިއަށް ގެންދިޔަ މިބައްދަލުވުމާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނާއިބުރައިސް ފިރާޤް މުހައްމަދު ވިދާޅުވީ މިނިސްޓަރ މަހުލޫފާއެކު ކުރިޔަށް ގެންދެވުނު ބައްދަލުވުމުގައި މިހާރު ކުރިޔަށްދާ ޓާފް ދަނޑާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެވުނު ކަމަށާއި އެކަންތައް ހައްލު ކޮށްދެއްވާނެ ކަމުގެ ފެހި ސިގުނަލް މިނިސްޓަރ ދެއްވެވިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރު މިއަހަރު ބަޖެޓްގައި ހިމެނޭ ފަތާ ޓުރެކް މަސައްކަތް ވެސް މިއަހަރު ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ފިރާޤް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ