ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ބަދަލު ގެނައުމުގައި ޤާނޫނާއި ޤަވާއިދުތަށް ބުނާ ގޮތް
މި މަޢުލޫގައި ދިރާސަ ކުރުމުގެ ތެރެއިން ޤާނޫނާއި އެކުލަވާލެވިފައިވާ ޤަވާއިދްތަކަށް އިތުރަށް ބާލާލުމުން ވަނީ މުހިންމު ކަންކަމެއް އިތުރަށް ހޯދިފައެވެ. ލިޔުން 2 ގައި ބަޔާން ކޮއްފައިވާ ޤާނޫން ނަންބަރު 2010/7 ގެ 2-56 (ނ) ގައި ބަޔާން ކޮއްފައިވާ ގޮތަށް ސަރުކާރުގެ މަޝްރޫއްތަކަށް ނުވަތަ ޕްރޮގްރާމްތަކަށް މިބުގެ ޤާނޫނުގެ މަސްޢޫލިއްޔަތް ހަވާލުކުރެވިފައިވާ ވުޒާރާއަކުން ކައުންސިލެއްގެ އިހްތިސާސްތެރޭގައިވާ ބިމެއް ނަގާނަމަ ސަރުކާރުންމެ ރިޢާޔަތް ކުރަންޖެހޭ މާއްދާތަކެއްވާކަން ވަނީ ފާހަގަވެފައެވެ.
މީގެ އިތުރުން ކައުންސިލަތަކަށް ލޭންޑް ޔޫސް ޕްލޭން ހެދުމުގައާއި އަދި ބަދަލުގެނައުމުގައި ރައްޔިތުންގެ މަޝްވަރާ ކުރަން ޤާނޫން ނަންބަރު 2010/07 ގެ މާއްދާ 1-107 (ހ) ލާޒިމްކުރެއެވެ. މި ދެންނެވި ޤާނޫނީ މައްދާގައިވަނީ، ” މި ޤާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލްން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންއާއި ގުޅޭގޮތުން މި ޤާނޫނުގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ރައްޔިތުންނާއި މަޝްވަރާ ކުރަންވާނެއެވެ.”
އަދި ހަމަ މި މާއްދާގެ 1-107 (ށ) ގައި ވަނީ، ” ރަށެއް ނުވަތަ ސިޓީއެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތަށް ނިންމުމުގައި ކައުންސިލްތަކުން ރައްޔިތުންނާއި މަޝްވަރާކުރަންވާނެއެވެ.”
މިހެން މިޤާނޫނުގެ މާއްދާތަށް ބުނާ ހިނދު ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްގައި، ސަރުކާރުގެ ވުޒާރާއަކަށްމެ ރަށެއްގެ ރައްވެހިންގެ ކަންބޮޑުވުމަށް ބެލުމެއްނެތި ފައިނަލް ކުރެހުމެއް އަދިނެތް މަޝްރޫއަކަށް އިތުރަށް ބިން ބޭނުންވާކަމަށް ކޮންސްޕްޓެއްގެ މައްޗަށް ބިނާކޮށް ފައިނަލް ކުރުމީ ޤާނޫނު ތަން ދޭ ކަމެއްކަމަކަށް އަޅުގަނޑަށް މި ޤާނޫނަކުން އަދި ނުފެނުނެވެ.
އަދި ޤާނޫނު ނަންބަރު 2010/07 ގެ މާއްދާ 1-107 (ހ)(ށ) ގައިވާ ގޮތުންނަމަ ލޭންޑް ޔޫސް ޕްލޭނެއް ހެދުމަށްވެސް ޕްލޭންނަށް ބަދަލެއް އަދި ތަރައްޤީގެ ޕްލޭންނެއްމެ އެކުލަވާލަންވެސް ކައުންސިލަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން މެނުވީ ނުކުރެވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮއްފައިވާކަން ރައްޔިތުންނާއި ހަނިމާދޫ ކައުންސިލަށް މަޢުލޫމާތަށްޓަކައި ފާހަގަ ކޮއްލަދެން ބޭނުމެވެ.
އަދި ލޭންޑް ޔޫސް ޕްލޭންއެއް ހަނިމާދޫގެ ކައުންސިލްގައި މިއަދާ ހަމައަށް ކުރަހާ އެކުލަވާލެވި މިނިސްޓްރީން ފާސް ކޮއްފައިވޭތޯ އަދި ރައްޔިތުންނާއި މި މުހިންމު ޕްލޭން ހެދުމުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައިވޭތޯ ސުވާލުކޮއްލަންޖެހެއެވެ؟