ޅައިމަގު މޮނިޓަރިންއިން ނަގައިފި

ޚަބަރު ފަހުގެ

ށ. ޅައިމަގު މޮނިޓަރިންއިން ނަގައިފި އެވެ.

ޅައިމަގު މޮނިޓަރިންގެ ހާލަތަށް ގެނައީ ހޯމް ކަރަންޓީންގައި ހުރިހި މީހަކާއި ކޮންޓެކްޓުވި މީހަކު ކޯވިޑަށް ޕޮސިޓިވްވެގެންވެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ޅައިމަގު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން ޅައިމަގު އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަދި މޮނިޓަރިންގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ޅައިމަގު މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން މިހާތަނަށް 59 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ