ކޮވިޑު ޖެހުނުތާ ތިންް މަސް ނުވަނީސް ރަަށަށް ދާ މީހުން ޓެސްޓު ކުރާނީ ކަރަންޓީން ނިމޭއިރު އަލާމާތް ފެންނަ ނަމަ – އެޗްޕީއޭ

ޚަބަރު ފަހުގެ

ކޯވިޑް-19 އަށް ޕޮސިޓިވްވިތާ ތިން މަސް ނުވާ މީހުން ރަށްރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޕީސީއާރު ޓެސްޓު ހަދާނީ ބަލީގެ އަލާމާތް ފެންނަ ނަމަކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މި އުސޫލަށް އަމަލު ކުރަން ޖެހޭނީ މާލެއިންނާއި ރިސޯޓްތަކުން އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވިތާ ތިން މަސް ނުވާ މީހުން ކަމަށެވެ. ދުވަސް ގުނާނެ ކަމަށް ސާކިއުލާގައި ބުނެފައިވަނީ ކޯވިޑަށް ޕޮސިޓިވްވި ސާމްޕަލް ނެގި ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭއިން ބުނީ މިފަދަ ފަރާތްތަކަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމުން އިތުރަށް ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ކޯވިޑްގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުން ފެށިގެން ވަރަށް ބޮޑަށް ލުއި ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކުރިޔަށް އޮތް ސްކޫން ބޮޑު ޗުއްޓީ އާއި ދިމާކޮށް ވަކިބަޔަކަށް ނޫނީ މާލެއިން ރަށްރަށަށް ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން އާންމު ކުރި އުސޫލަންވެސް ލުއި ގެންނާނެ ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ