އާޖެންޓީނާ އާއި ޗިލީގެ ކުރިމަތިލުން އެއްވަރު

ކުޅިވަރު ފަހުގެ

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ޗިލީ އެއްވަރުވެއްޖެއެވެ.

ބްރެޒިލުގައި ކުރިއަށްދާ މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އާޖެންޓީނާ އާއި ޗިލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދެ ގައުމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ ކެރިއަރުގައި މެސީ ކާމިޔާބުކުރި 57 ވަނަ ހިލޭ ޖެހުމެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗިލީން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ޗިލީގެ އާޓޫރޯ ވިޑާލަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ދިން ޕެނަލްޓީއެކެވެ. އެއާއެކު ވިޑާލް ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް މަތަކުރި ނަމަވެސް، ޗިލީގެ އެޑުއާޑޯ ވާގަސް ވަނީ ރިބައުންސް ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ކޮޕާ އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުން އާޖެންޓީނާ އާއި ޗިލީ އެއްވަރުވިއިރު، ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި މި ފަހުން ކުޅުނު މެޗުންވެސް މި ދެ ގައުމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ