ތިލަފުށި ބަނދަރު ރިހެބިލިޓޭޝަންގެ މަސައްކަތް ބައްލަވާ ލެއްވުމަށް އާޒިމް އާއި ޝައުނާ ސައިޓަށް

ޚަބަރު ފަހުގެ

ކ. ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް އާއި އެންވަޔަރަމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ބައްލަވާލައްވައިފި އެވެ.

ހާބަރު ރިހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި ތިލަފުށީގައި ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި ވޯކްޝޮޕެއް ހެދުން ހިމެނެ އެވެ. އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމުކުރުމުގެ އިތުރުން ރިސައިކްލިން ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިން ވޯކްޝޮޕެއް ހެދުން ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި އާޒިމް އާއި ޝައުނާގެ އިތުރުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތިލަފުށި ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުއަކީ 135 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ