މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފި

ޚަބަރު ފަހުގެ

މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ސ.ގަމުގެ 4 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދާން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންއިން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްވެރިންކަން ކުރަނިކޮށް އިންޖީން ހުއްޓިފައިވަނީ “އޯކިޑު 707” އެވެ. އަދި “ވާލި 08” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ކަފު ޖަހައިގެން އިންޖީން ހުއްޓުނު “އޯކިޑު 707” ދޯނި ސ. މީދޫ ބަނދަރަށް ވެއްދުމަށްޓަކައި މިހާރު ދަތުރުކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ