ހަނިމާދޫ އެއަރޕޯޓަށް އިތުރުކުރާ ބިމާއިބެހޭ ކައުންސިލް ބައްދަލުވުން މާދަމާ އަށް ތާވަލުކޮށްފި!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ރައްޔިތުންގެ މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރަށުގެ ބިމުން ބޮޑު ބައެއް އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢުއަށް ނެގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަނިމާދޫ ކައުންސިލަށް އަންގާފައިވާ އެންގުމާއި މެދުއެވެ. މިނިސްޓްރީގެ ސިޓީގައިވާ ގޮތުން 400.000 (ހަތަރުލައްކަ) އަކަފޫޓްގެ ބިމެއް، ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭނިންގ އަށް އިތުރުކުރުމަށް އެދިފައިވެއެވެ. 

ހަނިމާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 06 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ރިޔާސަތުން ހުށައަޅުއްވާ މައްސަލައެއްގެ ގޮތުގައި “މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު : 431DNPS2/258/2021/7 ސިޓީއާއި ހަވާލާދިނުމަށް ރައްޔިތުންނަށް ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ކޮވިޑު ހާލަތު ތަން ނުދޭތީ، އެ ޕްރޮޖެކްޓް ލަސްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާއިއެކު، އެސިޓީގައި ހަވާލާދެއްވާފައިވާ ބިމުގެ ތެރެއިން އެއަރޕޯޓް ފެންސުން ފެށިގެން ކަސްޓަމް މަގާއި ދޭތެރޭގައިވާ ބިމުން ގޮނޑުދޮށުގެ ހޭޅިން ފެށިގެން އެއްގަމަށް 30 (ތިރީސް ފޫޓް) ހޭޅި ސަލާމަތްކުރުމަށް، އަދި އަވަށުންދާ ބޭރުމަގަށް 70 (ހަތްދިހަ ފޫޓް) ނުހިމެނޭ ގޮތަށް 400،000 (ހަތަރުލައްކަ އަކަފޫޓް) ބިމެއް އެއަރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުއަށް ލޭންޑްޔޫސް ޕްލޭނަށް އިތުރު ކުރުމާއި މެދު މި ކައުންސިލުން ނިންމުމަށާއި، އަދި ބިމުގެ ރަޖިސްޓްރީ ކަންތައް ހަމަޖައްސަވައި ދެއްވޭނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް ލޭންޑްޔޫސް ޕްލޭނެއް ނިންމުމަށްފަހުގައި ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމުން.” ބަޔާން ކޮށްފައިވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

މާދަމާ ކައުންސިލް ބައްދަލުވުން ބާއްވާއިރު، ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރާއި، ކައުންސިލް މެންބަރ ހާރިސާ މުޙައްމަދު ހުރީ ކަރަންޓީނުގައެވެ. މީގެ އިތުރުން ރަށުގެ ގިނަ ޒުވާނުންތަކެއް ވަނީ މީސް މީޑިއާގައި ބިން ދިނުމާއި ދެކޮޅަށް ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. ރަށުގެ ބިމުން އެންމެ އިންޗި އެއްވެސް ދޭން ދެކޮޅު ކަމަށް ފޭސްބުކްގައި ސްޓޭޓަސް ތަކުގައި ފެންނަމުން ދެއެވެ. 

ހަނިމާދޫ މޮނިޓަރިންގ ހާލަތުގައި އޮތް އިރު، ކައުންސިލުން، ރަށުގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއި ނުލާ މިފަދަ ނިންމުމެއް ނިންމަން، ފޫގަޅާލުމަކީ ރައްޔިތުންގެ މޫނުމަތީގައި ތަފާލެއް ޖެހުންފަދަ ކަމެކެވެ. ފޮނި އުއްމީދަކާއި އުފާވެރި މުސްތަޤުބަލެއް ހަނިމާދޫ ރައްޔިތުން ބޭނުންވެގެން ސަރުކާރާއި އެއްކޮޅަށް މަޖިލީހާއި، ކައުންސިލްގެ މެޖޯރިޓީ ދިނުމަކުންވެސް އަދި ހަނިމާދޫގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތިންވުން ގެންނާނޭ ސަބަބެއް ނުފެނެއެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ