ހަނިމާދޫ ކަސްޓަމްސް މުވައްޒަފުންގެ އެހީ ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފިއެވެ.
ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި މިއެހީ ހަވާލު ކުރުން ކުރިޔަށްދިޔައީ ހަނިމާދޫ ކަސްޓަމްސް އިމާރާތުގައެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އެހީއާއި ހަވާލުވީ ނާސިރު ސަލީމް އެވެ. ކަސްޓަމްސްގެ ފަރާތުން އެހީގެ ތަކެތި ހަވާލު ކޮށްދެއްވީ ހަނިމާދޫ ކަސްޓަމްސްގެ ޑެޕިއުޓީ ސެކްސަން ހެޑް ޗީފު ކަސްޓަމްސް އޮފިސަރ އަހުމަދު ހުސައިން އެވެ.
މިއަދު ކަސްޓަމްސްގެ ފަރާތުން މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތި
- 20 ފޮށި ފޭސް މާސްކް
- 20 ފުޅި ހޭންޑް ސެނިޓައިޒާ
- 24 ފުޅި ލިކުއިޑް ހޭންޑް ވޮޝް
- 10 ފޭސް ޝީލްޑް
މި އެހީއާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކަސްޓަމްސްގެ ޑެޕިއުޓީ ސެކްސަން ހެޑް ޗީފު ކަސްޓަމްސް އޮފިސަރ އަހުމަދު ހުސައިން ވިދާޅުވީ ހަނިމާދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުން މިހާލަތުގައި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެ މަސައްކަތަށް ހިތްވަރުދީ އެބޭފުޅުންނާއެކު ހަނިމާދޫ ކަސްޓަމްގެ އެންމެހާ މުއައްޒަފުން ބައިވެރި ވާކަން ހަމަކޮށް ދިނުމުގެ ގޮތުން ދެވުނު ރަމްޒީ ހަދިޔާއެއް ކަމަށެވެ.
މި ހުރިހާ އެއްޗެއް ގަނެފައި ވަނީ މުވައްޒަފުން އެކަމަށް ހަދިޔާކުރި ފައިސާއިން ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.