ގެއްލިގެން ފުލުހުން މިއަދު ހޯދުމަށް އިއުލާނުކުރި ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް ފެނިއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ފުލުހުން މިއަދު ހޯދުމަށް އިއުލާނުކުރި ހދ. ކުޅުދުއްފުށި ސިޓީ / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އައި އަބޫބަކުރު އިބްރާހިމް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަހުގެ 16 ވަނަ ދުވަހު އަބޫބަކުރު ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން ފޮޓޯ އާންމުކުރީ މިއަދު އެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ