ކައުންސިލު ބަދުނާމުވާ ގޮތައް ހަބަރު ފަތުރާ ނޫސްތަކަށާއި ފަރާތްތަކާ ދެކޮޅަށް ހަނިމާދޫ ކައުންސިލުން ފިޔަވަޅު އަޅަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ކައުންސިލް ބަދުނާމުވާ ގޮތައް ހަބަރު ފަތުރާނަމަ ދައުވާކުރާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކުރީ ހަނިމާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ކައުންސިލް ބަދުނާމުވާ ގޮތައް ކައުންސިލަރުންގެ ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފު ވާހަކަ ދެއްކުން ނުވަތަ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަނުކުރުމަށް ކައުންސިލުން އެދޭކަމަށާ އެކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދިގެން ދާކަމަށާ އެއީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ބައެއް ނޫސްތަކުންވެސް ފިތުނަ އުފެދޭ ގޮތައް ދޮގު މައުލޫމާތު ފަތުރަމުން ދާކަމަށާ، ބައެއް ނޫސްތަކުގައި މިހާރުވެސް 400،000 އަކަފޫޓު އެއާޕޯޓް ތަރައްގީކުރުމަށް ދީފައިވާކަމަށް ރިޕޯޓުކޮށްފައި ވާކަމަށް ކައުންސިލުން ބުނެއެވެ. މިފަދަ ނޫސްތަކަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރާނެ ކަމަށްވެސް ހަނިމާދޫ ކައުންސިލުން އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއާޕޯޓަށް ދޭން ނިންމާފައިވާ ބިމަކީ ބޮޑު ބިމެއް ކަމަށް ފާހަގަކުރެވޭ ކަމަށާ، އެކަމުގައި ރައްޔިތުންނާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހައުސިން މިނިސްޓްރީއަށް ސިޓީއަކުން ހިއްސާކޮށްފައިވާނެ ކަމުގައެވެ. އަދި އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ބިމަކީ އެއާޕޯޓުގެ މަޝްރޫއަށް ވަރަށް މުހިންމު ބިމެއް ކަމަށެވެ.

އަދި އެވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ ހައުސިން މިނިސްޓްރީއާ ސުވާލު ކުރުމުން 853،937 އަކަފޫޓުގެ ބިމަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވަރަށް މުހިންމު ބިމެއް ކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. މިގޮތަށް ހައުސިން މިނިސްޓްރީއިން އެންގުމުންވެސް އެވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާކަމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަމަށް ހަނިމާދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ހަނިމާދޫ ކައުންސިލާ މަޝްވަރާކުރަމުންދިޔަ ބިމުގެ ތަފްސީލު

ހަނިމާދޫ ކައުންސިލުން ބުނީ އެވަރުގެ ބޮޑު ބިމެއް ނުދީ ނުވަތަ މިނިސްޓްރީން އެދޭ ބިން ވީހާވެސް ކުޑަކޮށް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ދިނުމާމެދު މިނިސްޓްރީއާ ވާހަކަދައްކުން ގެންދަވާ ކަމަށެވެ. ނަމަވެސް މި ބިމަށް ވަކި ގޮތެއް ނުނިންމަނީސް ކައުންސިލުން ވަކިގޮތެއް ނިންމާފައި ވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ