ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަައް މިރޭ

ކުޅިވަރު ފަހުގެ

ޖޫން މަހު ފެށި ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅެން ތާވަލު ކޮށްފިއެވެ.

މުޅި ޖުމުލަ 14 ޓީމް ވާދަކުރާ މިމުބާރާތުގައި ފިރިހެން 10 ޓީމް އަދި އަންހެން 4 ޓީމް ވާދަކޮށްފައިވެއެވެ. ފިރިހެން ޑިވިޒަންގެ މެޗުތައް ކުޅެފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. އަންހެން މެޖުތައް ކުޅެފައިވަނީ ހުރިހާ ޓީމެއް ވާދަކޮށް އެންމެ މޮޅު 2 ޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މިގޮތުން އަންހެން ފައިނަލަށް 7 ޕޮއިންޓާއެކު ގުރޫވްސްޓްރީޓް ގާލްސް ދިޔައިރު 6 ޕޮއިންޓް ހޯދައިގެން ފައިނަލްގެ ދެވަޖާގަ ހޯދީ ފްލެމެންކޯ އެފް.ސީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ފިރިހެން ޑިވިޒަން ގުރޫޕް އޭ އިން 12 ޕޮއިންޓާއި އެކު އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ ޒޯލޭން އެވެ. 7 ޕޮއިންޓާއެކު ދެވަނައިގައި އޮވެގެން ސެމީއަށް ދިޔައީ ޕޮލިސް އެވެ.

ޒޯލޭން ކުޅުނު މެޗުތަކަށް ބަލާއިރު ބަޑީސް އާއި ވާދަކޮށް 10 ލަޑު 1 ލަނޑުން މެޗު ކާމިޔާބުކުރިއިރު ހުއްރިއްޔާ އަތުން 9 ލަޑު 2 ލަޑުން ވަނީ މޮޅުވެފައިވެއެވެ. ހުއްރިއްޔާ އުތުރި އާއި ވާދަކޮށް 11 ލަޑު 4 ލަޑުން މެޗު ކާމިޔާބު ކޮފައިވާއިރު ދެވަނައަށް ދިޔަ ޕޮލިސް ޓީމް ޒޯލޭން އިން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޕޮލިސް ޓީމް ދެވަނަޔަށް ދިޔައީ ކުޅުނު ދެމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ، އެއްމެޗުން ބަލިވެގެނެވެ. ހުއްރިއްޔާ އުތުރިއާއި ވާދަކޮށް 5-5 އެއްވަރުވިއިރު ބަޑީސް އަތުން ސީދާ 9 ލަޑުން ވަނީ މޮޅުވެފައެވެ. އަދި ހުއްރިއްޔާ އާއި ވާދަކޮށް 8-1ން ޕޮލިސްވަނީ މެޗު ކާމިޔާބު ކޮށްފައެވެ.

ފިރިހެން ޑިވިޒަންގެ ގުރޫޕް ބީ އަށް ބަލާއިރު 10 ޕޮއިންޓު ލިބި ބްރެކެޓް އެފް.ސީ އާއި ގުރޫވްސްޓްރީޓް އެސް.ސީ ވީ އެއްވަރެވެ. ފައިދާ ގޯލުގެ ތަފާތުން ގުރޫޕުގެ އެއްވަނައަށް ދިޔައީ ބްރެކެޓް އެފް.ސީ އެވެ.

ބްރެކެޓް އެފް.ސީ ކުޅުނު މެޗުތަކަށް ބަލާއިރު ރައްޒާޤުމެން 11-1ން ބަލިކުރިއިރު 11-3ން ބޭވޮޗް ވާދަކޮށް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މާދަންރޭ އާއި ވާދަކޮށް ސީދާ 16 ލަނޑުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ބްރެކެޓް އެފް.ސީ އެންމެފަހުން ކުޅުނު މެޗު ގުރޫވްސްޓްރީޓް އެސް.ސީއާއި ވާދަކޮށް 5-5 ގެ ނަތީޖާއަކުންވީ އެއްވަރެވެ.

ގުރޫޕް ބީ ގެ ދެވަނައަށް ދިޔަ ގުރޫވްސްޓްރީޓް އެސް.ސީ ގެ މެޗުތަކަށް ބަލާއިރު ބޭވޮޗް އާއިކުޅެ 5-2ން މޮޅުވިއިރު މާދަންރޭ އާއި ވާދަކޮށް 6-2ން މެޗުކާމިޔާބު ކޮށްފައިވެއެވެ. ރައްޒާޤުމެން އަތުން ވެސް މޮޅުވީ 6-2 ގެ ނަތީޖާއިންނެވެ.

މިރޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް އޭ ގެ އެއްވަނަ ޒޯލޭން އާއި ގުރޫޕް ބީ ގެ ދެވަނަ ގުރޫވްސްޓްރީޓް އެސް.ސީ އެވެ. މިރޭގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ގުރޫޕް ބީ ގެ އެއްވަނަ ބްރެކެޓް އެފް.ސީ އާއި ޕޮލިސް އެވެ.

މި ދެމެޗުވެސް ފުނަދޫ ކައުންސިލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ