ޒޯލޭން އާއި ބްރެކެޓް އެފް.ސީ ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ފައިނަލަށް

ކުޅިވަރު ފަހުގެ

ޒޯލޭން އާއި ބްރެކެޓް އެފް.ސީ ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މިދެ ޓީމް ފައިނަލަށް ދަތުރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭކުޅުނު ސެމީފައިނަލުން މޮޅުވެގެންނެވެ.

ބުރާސްފަތި ދުވަހުރޭ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗުގައި ވާދަކުރީ ގުރޫޕް އޭ ގެ އެއްވަނަ ޒޯލޭން އާއި ގުރޫޕް ބީ ގެ ދެވަނަ ގުރޫވްސްޓްރީޓް އެސް.ސީ އެވެ. މިމެޗު 4-2 ކާމިޔާބު ކުރީ ޒޯލޭން އެވެ.

އިޝްތިހާރު
އިޝްތިހާރު

އެރޭ ކުޅެވުނު ދެވަނަ ސެމީ ފައިނަލް މެޗުގައި ވާދަކުރީ ގުރޫޕް ބީ ގެ އެއްވަނަ ބްރެކެޓް އެފް.ސީ އާއި ޕޮލިސް އެވެ. މި މެޗު 3-1 ކާމިޔާބު ކުރީ ބްރެކެޓް އެފް.ސީ އެވެ.

މިރޭ މިމުބާރާތުގެ ފައިނަލް މެޗުތަށް ކުޅުމަށް ވަނީ ތާވަލު ކޮށްފައެވެ. ފުރަތަމަަ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ފައިނަލެވެ. މިމެޗު ފެށުމަށް ހަަމަޖެހިފައިވަނީ 21:00 ގައެވެ. ފައިނަލްގައި ވާދަކުރަނީ 7 ޕޮއިންޓާ ހޯދައިގެން އެއްވަނައިގެ ގޮތުގައި ދިޔަ ގުރޫވްސްޓްރީޓް ގާލްސް އާއި 6 ޕޮއިންޓް ހޯދައިގެން ފައިނަލްގެ ދެވަނަ ޖާގަ ހޯދި ފްލެމެންކޯ އެފް.ސީ އެވެ.

ފިރިހެން ފަޅީގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައެވެ. މިމެޗުގައި ވާދަކުރާނީ ފުރަތަމަ ސެމީން މޮޅުވި ޒޯލޭން އާއި ދެވަނަ ސެމީން މޮޅުވި ބްރެކެޓް އެފް.ސީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ