ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ތަށި ބްރެކެޓް އެފް.ސީ އަދި ފްލެމެންކޯ އެފް.ސީ އުފުލާލައިފި

ކުޅިވަރު ފަހުގެ

ފުނަދޫ ކައުންސިލް ފިތުރު އީދު ކަޕް 1442 ގެ ތަށި ބްރެކެޓް އެފް.ސީ އަދި ފްލެމެންކޯ އެފް.ސީ އުފުލާލައިފި އެވެ.

ބްރެކެޓް އެފް.ސީ ތަށި އުފުލާލީ ފުރަތަމަ ސެމީން މޮޅުވި ޒޯލޭން 4-2 ން ބަލިކޮށްގެނެވެ.

އިޝްތިހާރު
އިޝްތިހާރު

ފްލެމެންކޯ އެފް.ސީ ތަށި އުފުލާލީ ގުރޫވްސްޓްރީޓް ގާލްސް އާއި ވާދަކޮށް 4-4 ން އެއްވަރުވެ ޕެނެލްޓީ ޝޫޓް އައުޓުން މޮޅުވެގެންނެވެ. ކޮންމެ ޓީމެއް 3 ޕެނެލްޓީ ޖެހިއިރު ފްލެމެންކޯ އެފް.ސީ ވަނީ 2 ޕެނެލްޓީ ކާމިޔާބު ކޮށްފައެވެ. ގުރޫވްސްޓްރީޓް ގާލްސް އަށް ކާމިޔާބުވީ 1 ޕެނެލްޓީ އެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގައި ހޮވާފައިވާ ވަނަތައް:

  • މޮޅު ފަސް ކުޅުންތެރިން ފިރިހެން
  1. އަލީ ރިޒްވީން، ޒޯލޭން
  2. ހުސެން ފައިސަލް ، ބްރެކެޓް އެފް.ސީ
  3. އަހުމަދު އާސިމް ، ޒޯލޭން
  4. ހަސަން އާދިލް ، ބްރެކެޓް އެފް.ސީ
  5. އަބްދުﷲ ޒަމީން ، ގްރޫވް ސްޓްރީޓް
  • ޗެންޕިއަން : ބްރެކެޓް އެފް.ސީ
  • ރަނަރަޕް : ޒޯލޭން
  • މޮޅު ފަސް ކުޅުންތެރިން އަންހެން
  1. ހައްވާ ނައުރާ ، ފްލެމެންކޯ އެފް.ސީ
  2. އައިސަތު އިނާޔާ ، ގުރޫވް ސްޓްރީޓް ގާލްސް
  3. ފާތުމަތު ޖުމާނާ ، ގުރޫވް ސްޓްރީޓް ގާލްސް
  4. ފާތުމަތު ޒައިނާ، ގުރޫވް ސްޓްރީޓް ގާލްސް
  5. އައިސަތު އީނާސް، ފްލެމެންގޯ އެފް.ސީ
  • ޗެންޕިއަން : ފްލެމެންކޯ އެފް.ސީ
  • ރަނަރަޕް : ގުރޫވްސްޓްރީޓް ގާލްސް

ފޮޓޯ : ފުނަދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ