ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަނީ

ޚަބަރު ފަހުގެ

ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.

ކޮވިޝިލްޑް ވެކްސިނަކީ އިންޑިއާ އިން އުފައްދާ ވެކްސިނެކެވެ. ނަމަވެސް އެގައުމުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ވެކްސިން ލިބުން ދަތިވުމުން ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ކޮވިޝިލްޑް އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ، ކޮޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިޓްމަންޓް ދީގެން ވެކްސިން ޖަހަން މާދަމާ ފަށާނެ ކަމަށެވެ.

އަދި ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށާއި އެގޮތުން މިދިޔަ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މާދަމާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ގުޅާނެ ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން ވަނީ އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ދިއުމަށް އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ