ޗެކް ރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް ބަލިކޮށް ސެމީ ފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުން ޑެންމާކް މޮޅުން 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސެމީއަށް ޑެންމާކް ދަތުރުކުރިއިރު، މިއީ 1992 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީއަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޑެންމާކުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ޑެލަނީއެވެ. މި ލަނޑަށްފަހު ވެސް ޑެންމާކުން ޗެކް ރިޕަބްލިކުގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެކް ރިޕަބްލިކުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ފަރަގުކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކްއެވެ. މި ލަނޑާއެކު އޭނާ ވަނީ މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށް، ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރުކޮށްފައެވެ.

މި މޮޅާއެކު ޑެންމާކް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ