ދ. ހުޅުދެލީ ބަނދަރު ބޭރުތޮށި ލުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި

ޚަބަރު ފަހުގެ

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި މަޝްރޫއު އާއި ބެހޭ ގޮތުން އެކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި، މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

39.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 10 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ