ތިލަފުށި ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއު 60 ޕަސެންޓް ނިމިއްޖެ

ޚަބަރު ފަހުގެ

ކ. ތިލަފުށީ ބަނދަރު ރިހެބިލިޓޭޝަން މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ

ތިލަފުށި ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނޮވެމްބަރު 21، 2019 ގައި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 8.8 މިލިއަން އެމެރިކާ ޑޮލަރު (135 މިލިއަން ރުފިޔާ) އަށެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ 15 ގައި އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ވޯކްޝޮޕް އިމާރާތުގެ 85 ޕަސެންޓް މަސައްކަތާއި ހެވީ ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ހެދުމުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް އެޅުމާއި ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ

މި މަޝްރޫއުގެ މައިގަނޑު އެއް ނަތީޖާއަކަށް ވާނީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަހައްދީ ކުނި މެނޭޖު ކުރާނެ މަރުކަޒެއް ގާއިމްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ