ފުނަދޫގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ މެންދަމު3:05 ގައި އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ށ. ފުނަދޫގައި ހުންނަ ށ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ. މިއީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާ އެވެ.

މި މީހާ އާއި އެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ213 އަށް އަރާފައި އެވެ.

ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ