ނެއްލައިދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

ހދ. ނެއްލައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާގޮތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ސީއީއޯ އާޒިމްގެ އިތުރުން، އެމްޓީސީސީގެ އިސް ވެރިން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މަޝްރޫއުގެ ދަށުން 62،863 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި 331 މީޓަރުގެ ބޭރުތޮއްޓަކާއި 204 މީޓަރުގެ އެއްގަމުތޮއްޓެއް އަދި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން 2،102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނީ އެ މްޝްރޫއުގެ 82 ޕަސަންޓު މަސައްކަތް މިހާރު ނިމިފައި ވާކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އޮގަސްޓް 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ