ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އަށް ވެލި އެރުމުގެ ސަބަބުން، ދަތުރުތައް ކެންސަލް ކޮށްފިއެވެ. މި އަހަރު ކުރީކޮޅު އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ރާޅާ އެކު ގަލާއި ވެލި އަރައިގެންވެސް އެ އެއާޕޯޓުގެ ދަތުރުތައް ވަނީ ހުއްޓާލާފައިކަން ފާހަގަ ކޮށްލެވެއެވެ.
ހޯރަފުށީ އެއާޕޯޓަށް ވެލި އެރުމުގެ ސަބަބުން، މާލެ އިން ހޯރަފުއްޓަށް މިއަދު ތާވަލުކޮށްފައިވާ ދަތުރުތައް ކެންސަލްކޮށް މާދަމާ އަށް ވަނި ރީޝެޑިއުލް ކޮށްފައެވެ.
އަދި އެއާޕޯޓަށް ފުރަން ގޮސްފައި ތިބި މީހުން ކައިރީވެސް މިހާރު ވަނީ ދަތުރުތައް ކެންސަލް ވި ވާހަކަ ބުނެފައެވެ.