ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވައިލައިފި! 

ހަނިމާދޫ ޚަބަރު ފަހުގެ

1441 ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ހދ. ހަނިމާދޫ ކައުންސިލްގެ ފަރާތުން މިއަދު (05 ޖުލައި 2020) އާއްމުކޮށްފައިވާ އިޢުލާންގައިވަނީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން 23 ޖުލައި 2020 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ފަގީރުންގެ ތަފްތަރުގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ. 

އިޝްތިހާރު
އިޝްތިހާރު

އެ އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތުން މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ދޫކުރުމާއި، ފޯމް ބަލައިގަތުން އޮންނާނީ 05 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން 23 ޖުލައި 2020 އާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށެވެ. ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހަނިމާދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށްވެސް އެއިޢުލާންގައި ބުނެފައިވެއެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ