ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ހިޔާލު ހޯދުމުގެ، ކަނބަލުންގެ ފޯރަމުގައި ބައިވެރިވީ 5 ބައިވެރިން!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ އެންމެ 5 ކަނބަލުންނެވެ.

ހަނިމާދޫ ކައުންސިލުން ޖުލައި 26 ވަނަދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާގޮތުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފޯރަމް 2021 ޖުލައި 28 ން 29 ޖުލައި އަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މިއަދު ހެނދުނު 08:00 ން 12:00 އަށް އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށް ދިޔައިރު 8:00 ހާޒިރުވީ އެންމެ ކަނބަލެކެވެ. އެއަށްފަހު 9:20 ގައި އިތުރު 2 ކަނބަލުން ބައިވެރިވިއެވެ. އަދި 10:20 ގައި އިތުރު 3 ބައިވެރިން ފޯރަމުގައި ބައިވެރި ވެފައިވެއެވެ.

މިފަދަ ފޯރަމެއްގައި ހަނިމާދޫ ކަނބަލުންގެ ފަރާތުން މިހާ ދަށްކޮށް ތަރުހީބު ލިބުމާގުޅިގެން ގޮށްކޮޅުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަން އާއި ސުވާލުކޮށްލުމުން ވިދާޅުވީ މިފަދަ ފޯރަމްތަކަށް ތަރުހީބު ނުދިނުމަކީ މިފަދަ ކަންތައްތައް ކުރުމަށް އެޅިގެންދާ ހުރަހެއްކަމަށެވެ.

އަންހެނުން ބާރުވެރި ކުރުމަށް ސޯޝަލް މީޑިޔާ އަދި ސައި ހޮޓާ ތަކުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި ބަސްބުނަން ލިބޭ މިފަދަ ފުރުޞަތުގެ ބޭނުން ހިފަން ކަނބަލުން އެބަޖެހޭ ނޫންތޯއެވެ؟

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ