ފެނަކައިގެ ވަޒީފާގައި ތިބެ ރައްޔިތުންނާއި ސަރުކާރާއި ޖައްސަން އުޅޭ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ

ޚަބަރު ފަހުގެ

ފެނަކައިގެ ވަޒީފާގައި ތިބެ ރައްޔިތުންނާއި ސަރުކާރާއި ޖައްސަން އުޅޭ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ސައީދު ވިދާޅުވީ ކުރިޔާއި ހިލާފަށް ފެނަކައިގެ ތެރޭގައި މިހާރު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިނގާނެ ކަމަށާއި އެގޮތުން ކުންފުނި ހިނގަމުންދަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ. އެގޮތުން މިނިވަންކަމާއެކު ވަޒީފާ އަދާކުރުމުގެ މާހައުލެއް ފެނަކައިގައި މިހާރު ގާއިމުވެފައި ވާނެ ކަމަށާއި އެކަން މުވައްޒަފުން ވެސް ގަބޫލުކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ފެނަކައިގެ އާ މެނޭޖްމެންޓް އައި ފަހުން ވެސް ތިން އިންތިހާބެއް ނިމިގެން ގޮސްފައިވާކަން ފާހަގަކުރަމުން ސައީދު ވަނީ އެއްވެސް މުވައްޒަފެއް ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ މަގުސަދުގައި ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

advertisement

ނަމަވެސް ފެނަކަ އަކީ އަސާސީ ހިދުމަތްދޭ ކުންފުންޏެއް ކަމުން ރައްޔިތުންނަށް ޖެއްސުންކޮށް، ރައްޔިތުންނާ ސަރުކާރާ ޖައްސަން އުޅޭ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

“މި ކުންފުނީގެ ވަޒީފާގައި ތިބެ ރައްޔިތުންނަށް ޖެއްސުން ކުރުމާއި، ރައްޔިތުންނާ ސަރުކާރާ ޖެއްސުމަށް މަސައްކަތް ކުރާ ބަޔަކުނަމަ ކުންފުނީގެ ގަވާއިދު ވެސް ތަނެއް ނުދޭ، ރާއްޖޭގެ ގާނޫނުތައް ވެސް ތަން ނުދޭނެ. އެހެންވީމަ އެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅު ކުންފުނިން އަޅާނެ” ސައީދު ވިދާޅުވިއެވެ.

އަދި އެފަދަ ފިޔަވަޅެއް އަޅަނީ އެއްވެސް ހާލެއްގައި ސިޔާސީ ވިސްނުމަކުން ކުރާ ކަމެއް ނޫން ކަމަށާއި ސިޔާސީ ވިސްނުމުގައި ފެނަކައިން މިއަދު ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް އޮންނާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ފާއިތުވި އިންތިހާބުތަކުގައި މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ކަންކަން ކޮށްފައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ