ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގައިފި

ޚަބަރު ފަހުގެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖޭގައި ދިއިރުޅޭ އެންމެނަށް ކޮވިޑް-19ގެ ވެކްސިން ދީ ފުރިހަމަ ކުރުމުގެ ކެމްޕޭން ފަށާފައި ވާތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުން ކަމުގައި ހައްދަވައިދެއްވުން އެދޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން، ވެކްސިން ޖެހުމުގައި ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާނަމަ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައި ވާކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، ވެކްސިން ޖެހުމަކި ކޮވިޑުން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ