ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި

ޚަބަރު ފަހުގެ ޞިއްހަތު

ށ. އަތޮޅު ހޮސްޕިޓަލުގައި ކަރުގެ ބޮޑު ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރެއްވި ޓްވީޓެއްގައި ވަނީ “ސަބް މެންޑިބިއުލަރ ޕްލިއޮމޯފިކް އެޑެނޮމާ އެކްސިޝަން” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވާކަން ހާމަކުރަށްވާފައެވެ. އަދި މި ސާޖެރީ އަކީ ވަރަށް މަދުފަހަރަކު ނޫނީ ނަހަދާ ބޮޑު ސާޖެރީ އެއްކަމަށާއި އަދި ސާޖެރީ ހަދަން މެދުވެރިވި ބައްޔަކީވެސް އެހާމެ މަދުން ނޫނީ ނުފެންނަ ބައްޔެއްކަން އެ ޓްވީޓްގައި ފާޙަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ޕްލިއޮމޯފިކް އެޑެނޮމާ އޮފް ސަބްމެންޑިބިއުލަރ ގްލޭންޑް” ނަމަކަށް ކިޔާ މި ބައްޔަކީ ކަރުގެ ވަކި ހިސާބެއްގަ އިންނަ “ލިމްފް ނޯޑްސް” އޭ ކިއުނު ގްލޭންޑް އެއް އާދަޔާ ޚިލާފަށް ދުޅަވެ ކަރުގަ ރިއްސުމާ ދިރުވުމަށް އުނދަގޫވާ ބައްޔެކެވެ. އަދި ކަރު ވެސް ވަރަށް ބޮޑަށް މިބަލީގައި ދުޅަވެގެން ދެއެވެ. އަދި ސާޖަރީގައި މި ދުޅަވި ގްލޭންޑް ނުވަތަ ޓިއުމަރ ކަރުން ނަގާނީއެވެ.

މަޢުލޫމާތު ލިބޭގޮތުގައި 1 ގަޑިއިރު ހޭދަވި މި ބޮޑު ސާޖަރީ އިސްވެ ކޮށްފައިވަނީ ށ. އަތޮޅު ހޮސްޕިޓަލުގެ ސާޖެން ޑރ. އެސްލަމް އަޙްމަދެވެ. އަދި އެނެސްތެޓިސްޓް ގޮތުގައި ޑރ. އަޙްމަދު އެލްސަރަގް އަނާ ހަރަކާތްތެރިވިއިރު މެޑިކަލް އޮފިސަރ ޑރ. ތަންޒިމް ގެ އިތުރުން އެ ހޮސްޕިޓަލުގެ ނަރުހުންގެ ޓީމެއްވެސް މި ސާޖަރީ ގައި ހަރަކާތްތެރިވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ