ވެރިކަމުގައި މިހުރީ މަޖިލީހުގެ މެޖޯރިޓީއާ އެކު، އެ މެޖޯރިޓީ ދަމަހައްޓާނަން: ރައީސް

ޚަބަރު ފަހުގެ

ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކުގައި ކަމަށާއި ސަރުކާރު ހިންގުމަށް އެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމަށް އަންނައިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ އަދި މަޖިލީހުގެ މެޖީރިޓީ ނެތިއްޔާ ވެރިކަން ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށާއި، އަދި 2008 އިން ފެށިގެން އެކުލަވާލި ކޮންމެ ސަރުކާރަކުންވެސް އެކަންކަން ތަހައްމަލު ކޮށްފައި ވާކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަން ކުރީ މަޖިލީހުގެ މެޖޯރިޓީ ނެތި ކަމަށާއި، އޭރު މަޖިލީހުގެ ތެރެއިން ކަންކަން ކުރަން ވަރަށް އުނދަގޫ ކަމަށެވެ. އަދި އޭގެ ފަހުން ރައީސް ޔާމީން ވެރިކަމަށް އައީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކުގައި ކަމަށާއި، އޭރު ކަންކަން ވަރަށް ”ސްމޫތް“ކޮށް ހިންގަމުން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މެޖޯރިޓީ ގެއްލުމުން ކަންކަން ހިންގަން ޖެހުނީ މުޅިން އެހެން މަގަކުން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ވެރިކަމުގައި ހުންއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން. އެކަން އަޅުގަނޑު ކުރާނެ. މިއަދު އަޅުގަޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކީގަ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް އޮތުމުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރު ސްމޫތްކޮށް ހިންގުމަށް މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ