“ކޮވިޑް ސޭފް” ގެެ ނަމުގައި ވެކްސިން ޖެހިކަމުގެ ޑިޖިޓަލް ޕާސްޕޯޓެއް ތަޢާރަފް ކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

“ކޮވިޑް ސޭފް” ގެ ނަމުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖެހިކަމުގެ ޕާސްޕޯޓެއް ތަޢާރަފް ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަލަށް ތަޢާރަފް ކުރި މި ޑިޖިޓަލް ޕާސްޕޯޓަކީ ހެލްތް މިނިސްޓްރީގެ ފަރާތުން ރަސްމީކޮށް ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖައްސާފައިވާ ވެކްސިން ޕާސްޕޯޓެވެ. މި ޕާސްޕޯޓުގައި އެޗްޕީއޭގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ރަށްރަށަށް އެރުމާއި ތަންތަނަށް ވަނުމަށް މީގެ ކުރިން ނަގަން ޖެހޭ ހުއްދަ ނެގުމުގެ ބަދަލުގައި މި ޕާސްޕޯޓް ބޭނުންކުރެވޭނެ އެވެ. އެއްވެސް ރެސްޓްރިކްޝަނެއް ނެތި މިފަދައިން ރަށްރަށަށް އެރުމުގެ ފުރުސަތު ލިބުމުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައި ގިނަ ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ.

ކޮވިޑް ސޭފް ޑޮޓް އެމްވީ މެދުވެރިކޮށް ވެކްސިން ސްޓޭޓަސް އާއި، މޮބިލިޓީ ސްޓޭޓަސްގެ އިތުރުން އެންމެ ފަހުން ނެގިފައިވާ ސާމްޕަލް ގެ ނަތީޖާ ފެނިގެންދާނެ އެވެ. އަދި ރާއްޖޭގެ ކޮވިޑް ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެސް މި ޑިޖިޓަލް ޕާސްޕޯޓު މެދުވެރިކޮށް ބަލާލެވޭނެއެވެ.

ޑިޖިޓަލް ޕާސްޕޯޓު ތަޢާރަފް ކޮށްފާ ވާއިރު އަންނަ މަހުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގެ އިތުރުން އެހެނިހެން ގިނަ ތަންތަނަށް ވަދުމުގެ ހުއްދަ ލިބެނީ ކޮވިޑް ވެކްސިން ގެ 2 ޑޯސް ޖަހާފައި ތިބި ފަރާތްތަކަށް އެކަންޏެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ %80 މީހުން ވަނީ ޖަހާ ނިންމާފަ އެވެ. އާބާދީގެ %69 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ