ހަނިމާދޫ ޑަބްލިއު.ޑީ.ސީގެ އިސްނެގުމާއެކު ބީޗު ސާފުކުރުމުގެ ހަރަކާތެއް މާދަމާ 7 ޖާހައިރު އެރަށުގައި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޑަބްލިއު.ޑީ.ސީގެ އިސްނެގުމާއެކު ބީޗު ސާފުކުރުމުގެ ހަރަކާތެއް މާދަމާ 7 ޖާހައިރު ހަނިމާދޫ ބަނދަރު އިސްޓޭޖު ކައިރިން ފަށަން ނިންމައިފިއެވެ.

މިހަރަކާތާ ބެހޭގޮތުން ހަނިމާދޫ ޑަބުލިއު.ޑި.ސީގެ ރައިސާ ޢާއިޝަތު ޝިއުނީ ވިދާޅުވީ މާދަމާ ހެނދުނު 7 ޖާހާއިރު ފެށިގެން މިދަނީ ޒުވާނުގެ ދުވަސް ފާހަގަކުރުމަށް މި ކޮމެޓީއާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ފުރަތަމަ ހަރަކާތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

” މާދެމާ މިއޮތް ބީޗު ސާފުކުރުމުގެ ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން، ހާއްސަކޮށް ޒުވާނުންތަކެއް ބައިވެރި ވުން އަޅުގަނޑުމެން އެދެނީ.” ރައިސާ ޢާއިޝަތު ޝިއުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިމަހު 13 ވަނަދުވަހު ހަވީރު ޓާސްކު ގޭމް އަދި 14 ވަނަދުވަހު ވަންޑޭ ވޮލީ މުބާރާތެއް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ފޮޓޯ: އަބުދުލްﷲ ނާސިރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ