ހަނިމާދޫ ޑަބްލިއު.ޑީ.ސީ އަދި ޔޫތު ސެންޓަރ ގުޅިގެން އެރަށު ބީޗު ސާފުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޑަބްލިއު.ޑީ.ސީ އަދި ޔޫތު ސެންޓަރ ގުޅިގެން އެރަށު ބީޗު ސާފުކޮށްފިއެވެ.

މި ހަރަކާތަކީ މިއަހަރުގެ ޒުވާނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ޑަބްލިއު.ޑީ.ސީ އަދި ޔޫތު ސެންޓަރ ގުޅިގެން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ ހަރަކާތަށް އެހެން ފަހަރު ތަކުގައި ހަނިމާދޫ ބީޗު ސާފުކުރަން ނުކުންނަ އަދަދާ ކައިރިޔަވެސް މީހުން ނުކުމެފައި ނުވެއެވެ. ނަމަވެސް މިއަދު ނުކުތް 30 ހަކަށް މީހުނާއެކު ހަރަކާތް ކުރިއަށް ގެންގޮސް 6 ޖަންބޯ ޕުލާޓިކް ފުޅި ހޮވާފައިވެއެވެ. މީގެ އިތުރު ދަގަނޑު އަދި އެހެނިހެން ކުނިވެސް ނަގާފައިވެއެވެ.

މިއަދުގެ ހަރަކާތަށް ފިނި ތަރުހީބެއް ލިބުމާގުޅިގެން ގޮށްކޮޅުން ސުވާލު ކޮށްލުމުން ޑަބްލިއު.ޑީ.ސީގެ ރައިސާ ޢާއިޝަތު ޝިއުނީ ވިދާޅުވީ މިއަދު ނުކުތް ފަރާތަކަށް ހިތުގެ އިހުލާސްތެރި ޝުކުރު އަދާކުރާ ކަމަށާ، މިފަދަ ކަންތައް ކުރިއަށް ގެންދަން ޒުވާނުންނާ ރައްޔިތުންގެ އެއްބާރުލުން ބޭނުން ވާނެކަމަށެވެ.

ޒުވާނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު 14:30 ން 18:00 އާހަމައަށް ޓާސްކު ގޭމް ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފައެވެ. މިހަރަކާތް އޮންނާނީ ހަނިމާދޫ ޒުވާނުންގެ މަރުކަޒުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ