ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚު އެލްޖީއޭ އިން ނޮވެންބަރު 30 ހަށް ފަސްކޮށްފި

ޚަބަރު ފަހުގެ

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަސްކޮށްފިއެވެ.

އަލަށް އެކުލަވާލެވޭ ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވާތާ 3 މަސްދުވަހުގެ ތެރޭގައި، އެ ރަށެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލަން ޖެހޭއިރު ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެނީ ރަށުގެ ރައްޔިތުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ އެކު އެފަރާތްތަކުގެ ޚިޔާލު ހިމެނޭގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ކޯވިޑް-19 ގުޅިގެން މިކަންތައްތައް ކުރިއަށް ގެންދެވިފައިނުވާއިރު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރުމުން ޕްލޭން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚަކީ ނޮވެންބަރު 30 ކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

އެލްޖީއޭން މިގޮތަށް ނިންމާފައިވަނީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާކުރުމަށް ފަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ