ބޮޑުފޮޅުދޫ ހެލްތް ސެންޓަރުގެ ލޭބަރރޫމާއި ލެބޯޓަރީގެ ބިންގާ އަޅައިފި

ޚަބަރު ފަހުގެ

ބޮޑުފޮޅުދޫ ހެލްތް ސެންޓަރުގެ ލޭބަރރޫމާއި ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ.

މި ލޭބަރރޫމާއި ލެބޯޓަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ބިންގާ އަޅުއްވައި ދެއްވާފައިވަނީ ހެލުތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އެވެ.

އިޝްތިހާރު
އިޝްތިހާރު

“ބިންގާ އެޅިގެން މިދިޔައީ މި ކައުންސިލްގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ހިމެނޭ އެއް ކަންތައް (ހަށިހެޔޮރައްޔިތެއް) ބިނާކުރުން އަދި މިކަން ހާސިލް ކުރުމުގައި އާރު ޖަމިއްޔާ އާއި ކައުންސިލް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުން.” ބޮޑުފޮޅުދޫ ކައުންސިލްގެ ރައިސް ވިދާޅުވިއެވެ.

ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ ހެލްތް ސެންޓަރުގެ ލޭބަރރޫމާއި ލެބޯޓަރީ ގާއިމްކުރުމަކީ އިބުރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމަށާ، އެގޮތުން މި ބިންގާ އެޅުނު މަޝްރޫއަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރާއި އާރު ޖަމިއްޔާ އާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.

މިދެތަން ގާއިމް ކުރެވިގެން ދިއުމުން ބޮޑުފޮޅުދޫ ސިއްހީ މަރުކަޒުން ލިބެމުން އަންނަ ހިދުމަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ