ހަނިމާދޫ ފަޅުގައި މަދުވެގެން ތިން ރިސޯޓް ހެދިގެންދާނެ – ހަނިމާދޫ ކައުންސިލްގެ ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ފަޅުތެރޭގައި މަދުވެގެން ތިން ރިސޯޓް ތަރައްގީ ކުރާނެކަމަށް ހަނިމާދޫ ކައުންސިލްގެ ރައިސް އަބްދުލް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ސައްތާރު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި ޖަލުސާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަލުސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އުންމީދަކީ ރައްޔިތުންގެ ލަފަޔާ އެހީތެރިކަމާއެކު މަދުވެގެން 1000 ބެޑް ހަނިމާދޫގައި ގާއިމްވެގެން ދިޔުންކަމަށާއި، މިއީ އިރާދަކުރެއްވިއްޔާ އިންޓަނޭސަނަލް އެއާޕޯޓާ އެކު ކުރެވޭނެ ކަމަމެއް ކަމަށެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ސައްތާރު ވިދާޅުވީ ހަނިމާދޫ ފަޅު ބޭނުން ކޮށްގެން 3 ވަރަކަށް ރިސޯޓް ހެދުން އެއީ ކައުންސިލުގެ ހުވަފެނެއްކަމަށާއި، މަދުވެގެން 3 ރިސޯޓް ފަޅުގައި ހެދިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ މައުސޫމް އާއި ހދ.އަތޮޅު ކައުންސިލްގެ ރައިސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ މިޖަލުސާގައި ބައިވެރިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ