މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ޚަބަރު ފަހުގެ

އދ. މަހިބަދޫގައި މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މަހިބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ އެއަތޮޅު ކައުންސިލުގެ ރައީސް އަލީ ނަސީރެވެ.

އިޝްތިހާރު
އިޝްތިހާރު

ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާއިމު ކުރެވުނު އެ ސެންޓަރުގެ ސަބަބުން އެ ސަރަހައްދުން ޓެކްސް ދައްކާ މީހުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ 18 އަތޮޅެއްގައި 19 އޮފީހެއް މީރާއިން ގާއިމު ކޮށްފައި ވެއެވެ. މީރާއިން ބުނީ ޓެކްސް ދައްކާ ފަރާތަކަށް މާލެއިން ލިބޭ ހުރިހާ ހިދުމަތެއް އަތޮޅުތެރޭގައި ގާއިމު ކުރާ ސެންޓަރުތަކުންވެސް ލިބޭނެ ކަމަށެވެ. އެގޮތުން، މީރާގައި ރަޖިސްޓާ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއިން ބަލައިގަންނަ އެހެނިހެން ފައިސާ އެ ސެންޓަރުތަކުން ބަލައިގަތުމުގެ ހިދުމަތްތައް ލިބޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް އެ ސެންޓަރުތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ