ޅައިމަގުގައި ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް

ޚަބަރު ފަހުގެ

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހަޒިރު ކުރުމުން، ބަންދަށް 15 ދުވަސް އިތުރުކޮށްފައި ވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ