ބޮޑުފޮޅުދޫ ކައުންސިލުން އ.އަތޮޅުގެ ފިރިހެންވެރިންނަން ހުޅުވައިލައިގެން ވޮލީ މުބާރާތެއް ބާއްވަަން ނިންމައިފިއެވެ. މި މުބާރާތް ކުރިޔަށް ގެންދަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުހަފުތާގައެވެ.
ބޮޑުފޮޅުދޫ ކައުންސިލުން މި މުބާރަތް ބާވާކަން އިއުލާން ކޮފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ އިއުލާނުގައި ވާގޮތުން މި މުބާރާތުގައި ވާދަކުރެވޭނީ ކޮންމެ ރަށަކުން ވެސް 1 ޓީމަށެވެ. އެރަށެއްގެ ކުލަބެއް ނުވަތަ ޖަމިއްޔާ ބައިވެރި ވާނަމަ އެރުސެއްގެ ކައުންސިލްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށައަޅަން ޖެހެއެވެ.
ބޮޑުފޮޅުދޫ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ވާގޮތުން މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 1 ވަނަ ދުވަހު 14:00 ކުރިން ލިޔުމަކުން ބޮޑުފޮޅަދޫ ކައުންސިލަށް އަންގަން ޖެހެއެވެ.
މުބާރަތް ފަށަން މަދުވެގެން 5 ޓީމް ބޭނުން ވާކަމަށް ބޮޑު ފޮޅުދޫ ކައުންސިލުން ބުނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ނަން ނޯޓް ކުރުމުން މުބާރާތުގެ ގަވާއިދު ލިބިގެން ދާނެއެވެ.